ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް އެފްއޭއެމްގެ ރައީސާ ބައްދަލުކުރައްވަނީ
ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް އެފްއޭއެމްގެ ރައީސާ ބައްދަލުކުރައްވަނީ
ރާއްޖޭގައި އޭއެފްސީ ކަޕުގެ މެޗުތައް ބޭއްވުމަށް ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލައި، މެޗުތައް ފަސްކުރުމަށް އެފްއޭއެމުން އޭއެފްސީއާ ވާހަކަ ދައްކަން ފަށައިފައިވާ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮއްވައި އޭއެފްސީ ކަޕުގެ މެޗުތައް ޚާއްސަ ހުއްދައެއްގެ ދަށުން ބޭއްވުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވީ، މެޗުތައް ފަސްކުރަން އޭއެފްސީއާ އެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.





އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް ވިދާޅުވީ އޭއެފްސީ މެޗުތައް ރާއްޖޭގައި ނުބާއްވައިފިނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށެވެ. އަދި މާލޭގައި އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށް ގެންދާނީ އެހެން އެއްވެސް ކަމެއް ނުގެންދާހާ ފުރިހަމައަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކަމަށާއި، އޭގެ ނުރައްކަލެއް ނެތް ކަމަށް މަޚުލޫފް ވިދާޅުވެފައިވެއެވެ.

އޭއެފްސީ މެޗުތައް ފަސްކުރަން އޭއެފްސީއާ އެކު އެފްއޭއެމުން ވާހަކަ ދައްކަމުން އަންނަ ކަމަށް މަހުލޫފު ވިދާޅުވިނަމަވެސް މިކަމާ ގުޅޭ ގޮތުން އެފްއޭއެމަކުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. އެފްއޭއެމްގެ ރައީސް ބައްސާމްވެސް މެޗުތައް ފަސްކުރުމާ ގުޅޭ ގޮތުން އަދި ވާހަކަ އެއް ނުދައްކައެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އޮންނާނީ މި މަހު 14-20 އަށެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮންގެންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ހޯދުމަށް، ރާއްޖޭގެ ކްލަބު އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އަންނަ އަންގާރަ ދުވަހު މާލޭގައި ބޭއްވުމަށް މިހާރު ވަނީ ނިއްމާފައެވެ.

ކުރިން އިންޑިއާގައި ކުޅެން ހަމަޖެއްސި ޕްލޭއޮފް މެޗު ކަނޑައެޅިފައިވާ ތާރީޚުގައި ނުކުޅެވުމުން، އެ މެޗު ރާއްޖެ އަށް ބަދަލު ކުރުމަށް އޭއެފްސީން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން