ދީޕިކާ ޕަޑޫކޯން.
ދީޕިކާ ޕަޑޫކޯން.
އިންޑިޔާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑޫކޯން ކޮވިޑަށް ޕޮޒިޓިވްވެއްޖެކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

ނަމަވެސް އެހެން ތަރިންހެން، މީސްމީޑިޔާގައި ކޮވިޑަށް ޕޮޒިޓިވްވިކަން ދީޕިކާ ޔަގީންކޮށްދީފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި ދީޕިކާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން، އޭނާގެ ބައްޕައާއި މަންމަ އަދި ކޮއްކޮވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދީޕިކާގެ ބައްޕަ އާއި މަންމަ އަދި ކޮއްކޮ ކޮވިޑަށް ޕޮޒިޓިވްވިއިރު، ދީޕިކާވެސް ދިރިއުޅެމުންދިޔައީ އެމީހުންނާ އެކުގައި ކަމަށްވުމުން، މަންމަ އާއި ކޮއްކޮއާއެކު ދީޕިކާ ވެސް ވަނީ ކަރަންޓީނުވެފައެވެ.

އަދި ދީޕިކާގެ ބައްޕަގެ ހާލުބޮޑުވެ ހޮސްޕިޓަލުގައި ފަރުވާހޯދަމުންދާކަމަށްވެސް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިޔާގައި ކޮވިޑް ކޭސްތައް ގިނަވަމުންދިއުމާއެކު، އިންޑިޔާގެ ގިނަ ފިލްމީ ތަރިންތަކެއް މިއަހަރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރޭގައި މިފަހަކުން ޕޮޒިޓިވްވި ގޯވިންދާ، އަކްޝޭ ކުމާރު، ސޯނޫ ސޫދް، އާލިއާ ބަޓް އަދި ރަންބީރް ކަޕޫރް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން