އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
އެސްޓީއޯ ބިލްޑިންގް (ފޮޓޯ: ސޯޝަލް މީޑިއާ)
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އަށްވުރެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިއަހަރުގެ މި ކުއާޓަރގެ ޢާމްދަނީ ދަށްވެއްޖެ އެވެ.

އެސްޓީއޯއިން ޢާއްމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެޢަދަދު މިއަހަރު ވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 109 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު, މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައިލިބިފައިވަނީ 91 މިލިއަން ރުފިޔާއެވެ. މިއީ 18 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

މި ކުއާޓާގައި އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން މި ފައިދާ ހޯދާފައިވަނީ އެ ކުންފުނީގެ ހަރަދު ކުޑަކޮށްގެން ކަމަށާއި، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން 258 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު, މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރަދު ކޮށްފައިވަނީ 231 މިލިއަން ރުފިޔާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް މިލިބުނު ފައިދާއަކީ ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން އެސްޓީއޯއަށް ލިބެމުންދިޔަ ފައިދާ ދަށަށް ދިއުމަށްފަހު މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ބުނީ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން