މީސްމީޑިޔާގައި އެކި ކަންކަމާއި ގުޅުވައިގެން ޗެލެންޖްތައް ކުރެވެމުންދާއިރު، މިފަހަކުން ގިނަބައެއްގެ ތެރޭގައި އާންމުވެފައިވާ އެއް ޗެލެންޖަކީ ރަމަޟާން މަހަށް ހާއްސަ "ގްލޯބަލް ރަމަދާން ޗެލެންޖް" އެވެ.


މިފަހަރުގެ ބައިނަލްއަގުވާމީ ޗެލެންޖުގައި ބާރު އަޅަނީ ގިނަގިނައިން ހަރަކާތްތެރިވެ އުޅުމަށާއި، އިންސާނީ އެހީފޯރުކޮށްދިނުން ގިނަކުރުމަށެވެ. މިގޮތުން މިޗެލެންޖުގެ ދަށުން ފައިސާގެ އެހީ ހޯދުމަށް އެދިފައިވާ ޕެނީ އެޕީލަށް ފައިސާގެ އެހީ ހޯދުމުގެ މަސައްކަތް ކުރެވެމުންދެއެވެ. މި އެޕީލްގެ ދަށުން ކާރިސާތަކާއި، ހަނގުރާމައިގެ ސަބަބުންނާއި ފަގީރު ހާލަތުގައި ތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ގްލޯބަލް ރަމަދާން ޗެލެންޖްގައި މިހާތަނަށް 20 ގައުމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ޕާކިސްތާނު، އިންޑިޔާ، އެމެރިކާ، ކެނެޑާ، މެކްސިކޯ، އަދި އޮސްޓްރީއާ ހިމެނެއެވެ. މިގްލޯބަލް ރަމަދާން ޗެލެންޖް ފެށިގެންދިޔައީ އިނގިރޭސިވިލާތުންކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިޗެލެންޖުގެ ދަށުން އެކި ކަހަލަ ފިޓްނަސް ހަރާތްތައް ކުރެވެއެވެ. މިޗެލެންޖުގެ ހަމައެކަނި ގަވާއިދަކީ ކުރާ ކޮންމެ ހަރަކާތެއް ތަކުރާރު ކުރުމުގައި ނަންބަރު ތިނެއް ހިމެނުމެވެ. މިސާލަކަށް، ތިން މޭލަށް ހިނގުން، 30 ދުވަސްވަންދެން ބައިސްކަލު ދުއްވުން، 30 މިނެޓަށް ޔޯގާ ހެދުން، 30 ޕުޝަޕް ހެދުމެވެ. މި ޗެލެންޖު ބޭނުންގޮތަކަށް ފުރިހަމަ ކުރެވޭއިރު، ރަމަޟާން މަސް ނިމެންދެން މިޗެލެންޖު ކުރިއަށްދާނެކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު