ކޮވިޑް ވެކްސިނަށް ޖެހިފައިވާ ފަގީރު ގައުމުތަކަށް އެހީވުމަށް ބައިނަލްއަގުވާމީ ފެންވަަަަރުގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ވެކްސް ލައިވްގެ ނަމުގައި ކުރިއަށްދާ މި މިއުޒިކް ޝޯގެ މަގުސަދަކީ ފަގީރު ގައުމުތަކުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް އިސްކަމެއް ދީގެން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމެވެ.

މިޝޯ ހުށަހަޅައި ދިނުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އަދި ޖެނިފާ ލޮޕޭޒް އެވެ. މިދެފަންނާނުންގެ އިތުރުން މަޝްހޫރު އެކި ލަވަކިޔުންތެރިންގެ ހުށަހެޅުންތައް މިޝޯގައި ފެނިގެން ދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޮންލައިންކޮށް، ޓީވީ އަދި ޔޫޓިއުބް މެދުވެރިކޮަށް ގެނެސްދޭ މި މިއުޒިކް ޝޯއިން 22 ބިލިއަނެއްހާ ޑޮލަރުގެ އެހީ ހޯދޭނެކަމަށް ލަފާކޮށްފައިވެއެވެ.

މެއި މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދާ މި ޝޯ އަކީ ގްލޯބަލް ސިޓިޒަން އޯގަނައިޒޭޝަނުން ރާވާ ހިންގާ އިވެންޓެކެވެ. މިމިއުޒިކް ޝޯ ހިންގުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޔޫރޮޕިއަން ޔޫނިއަން، ޖީ20، އަދި އެފްރިކާގެ ގައުމުތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިންގެ ފަރާތުން އެހީތެރިކަމާއި ތާއީދު ލިބެމުންދާކަމަށް ގްލޯބަލް ސިޓިޒަން އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.

މި ޝޯ ބާއްވާ ޖަމިއްޔާގެ މަގްސަދަކީ ވެކްސިނަށް ޖެހިފައިވާ ފަގީރު ގައުމުތަކަށް އެހީވުންކަން ފާހަގަކޮށްފައި ވާއިރު، ދުނިޔޭގެ 60 ގައުމަކަށް އަދިވެސް ކޮވިޑް ވެކްސިން ލިބިފައިނުވާކަމަށް ގްލޯބަލް ސިޓިޒަން އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން