ކޮވިޑުން ރައްކާތެރިވުމަށް ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިން އިންޑިޔާގައި ބޭނުން ކުރުމަށް ހުއްދަދީފިއެވެ.

މިއީ އިންޑިޔާގައި ބޭނުން ކުރަން ހުއްދަދިން ތިންވަނަ ކޮވިޑު ވެކްސިނެވެ. ސްޕަޓްނިކް ވީގެ ތަހުލީލުތަކުން ދައްކާގޮތުގައި މިވެކްސިނަކީ 91.6 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ. މިވެކްސިނުގެ ކްލިނިކަލް ޓްރަޔަލްތަކެއް އިންޑިޔާގައިވެސް ކުރިއަށް ގެންދެވިފައިވެއެވެ.

މީގެ ކުރިން އިންޑިޔާގައި ބޭނުންކުރުމަށާއި ތައްޔާރުކުރުން ނުވަތަ މެނުފެކްޗަރކުުރުމަށް ހުއްދަދެވިފައިވަނީ ދެ ކޮވިޑު ވެކްސިނަކަށެވެ. މީގެ ތެރޭގައި އިންޑިޔާގެ ފާމަސޫޓިކަލް ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ކޯވެކްސިން އަދި އިންޑިޔާގެ ސިރަމް އިންސްޓިއުޓުން ކޯވިޝީލްޑްގެ ނަމުން އުފައްދަމުންދާ އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން ހިމެނެއެވެ.

އިންޑިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ ތިންވަނަ ކުއަރޓަރ ގައި ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިނުގެ އިތުރުން ހަތަރު ކޮވިޑް ވެކްސިނެއް ބޭނުންކުރުމަށާއި ތައްޔާރުކުުރުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވާކަމަށްވެއެވެ. މީގެތެރޭގައި ނޯވެވެކްސް އަދި ޖޮންސަން އެންޑް ޖޮންސަން ގެ ކޮވިޑް ވެކްސިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން