އަންހެނުންނަށް ހަމަލާދިނުމަށްފަހު ހަރީޝް ދުރުގައި މަޑުކޮށްލައިގެން.
އަންހެނުންނަށް ހަމަލާދިނުމަށްފަހު ހަރީޝް ދުރުގައި މަޑުކޮށްލައިގެން.
އިންޑިޔާގެ ދިއްލީގައި ފިރިހެނަކު އޭނާގެ އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިއިރު، ފިރިހެން މީހާ ހުއްޓުވައި އޭނާގެ އަންހެނުން ސަލާމަތްކޮށްދޭނެ މީހަކު ނުވިއެވެ.

މެންދުރު ގަޑީގައި މަގުމަތީގައި ހިނގާދިޔަ މިހާދިސާގެ ކުށުގައި ހަރީޝް މެހެތާ ނަމަކަށް ކިޔާމީހަކު އިންޑިޔާގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ އަންހެނުން، 26 އަހަރުގެ ނީލޫ މެހެތާއަށް ހަމަލާ ދީފައިވަނީ، ފިރިމީހާގެ ނުރުހުމުގައި ވަޒީފާއަށް ދާތީކަމަށްވެއެވެ. ނީލޫ އަކީ ދިއްލީގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އަންހެނެކެވެ.

މިހާދިސާ ހިނގާ ދިޔަ ވަގުތު، މީހުން ބަލަން ނުކުމެ ވީޑިޔޯކޮށް ފޮޓޯ ނެގިއިރުވެސް އެކަކުވެސް ހަރީޝް ހުއްޓުވާފައެއް ނުވެއެވެ. އަދި ވީޑިޔޯތަކުން ފެންނަގޮތުގައި މަގުމަތީގައި ހަރީޝް އައިސް އޭނާގެ އަންހެނުން ނީލޫ ހުއްޓުވައި ތޫނު އެއްޗަކުން ހަމަލާ ދެއެވެ. އަދި އަންހެނުން މަގުމައްޗަށް ވެއްޓުމުންވެސް އެތައްފަހަރެއްގެ މަތިން ތޫނު އެއްޗަކުން ހަމަލާދޭތަން ފެނެއެވެ. އެއަށްފަހު ވީކަމެއް ނުވާ ކަމަށް ހަދައި، އެސަހައްދުން ދުރަށްގޮސް ހަމަޖެހިލައިގެން އިށީނދެ އިންނަތަން ވީޑިޔޯ އަދި ފޮޓޯ ރުތަކުން ފެނިގެންދެއެވެ.

މިހާދިސާގައި މަރުވި އަންހެން މީހާ އަށް އެއްވެސް އެހީތެރިކަމެއް ނުލިބި، އޭނާގެ ޒަހަމްތަކުން ލޭމަނާ ނުވެ މަގުމަތީގައި އޮވެ މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންހެނުންނަށް ކުރިމަތިވާ މިފަދަ އަނިޔާވެރި ހާދިސާތަކަކީ އަދިވެސް އިންޑިޔާގައި އާންމުކަމެއް ކަމަށްވެއެވެ. މީގެއިތުރުން އިންޑިޔާގައި 40 އިންސައްތަ އަންހެނުންނަކީ އެމީހުން ބޭނުންވާ ވަޒީފާ އަދާކުރަން ހުއްދަލިބިފައިނުވާ މީހުންނެވެ. މީގެއިތުރުން މީހުންނާ އިނދެގެން އުޅޭ 78 އިންސައްތަ އަންހެނުންނަކީ ވަޒީފާއަށް ނުދާ މީހުންކަމަށްވެސް ތަފާސް ހިސާބުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން