މިޔަންމާގައި ކުރި ބަޣާވާތަށްފަހު އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމުން ރައްކާތެރިވުމަށް މިޔަންމާގެ ރައްޔިތުން އިންޑިޔާއަށް ދަތުރުކުރަން ފަށައިފިއެވެ.

މިގޮތުން މިޔަންމާގެ ގިނަބަޔަކު އިންޑިޔާއަށް ދަތުރުކުރަމުންދަނީ ރެފިއުޖީންގެގޮތުގައެވެ. މިޔަންމާގެ ބޯޑަރު ހުރަސްކޮށް އިންޑިއާގެ ސަރަހައްދަށް ވަނތް ގިނަ މީހުންނަކީ ދެގައުމުގެ ބޯޑަރު ސަރަހައްދާ ކައިރީގައި ދިރިއުޅޭމީހުން ކަމަށްވެއެވެ. އަދި މިމީހުން ބޯޑަރު ހުރަސްކޮށް އިންޑިޔާއަށް ދަތުރުކުރަނީ ޖަންގަލި ސަރަހަައްދުން އޮންނަ ޗަކަ ބިންތައް ހުރަސްކޮށާއި، މޫސުމާއި ގުޅިގެން ފެންހިންދުމަށް ބިމު އަޑީގައި ތައްޔާރު ކުރެވިފައިވާ ޓަނަލް ތައް މެދުވެރިކޮށެވެ. މިގޮތަށް ބޯޑަރު ހުރަސް ކުރާ ގިނަ މީހުން އިންޑިޔާއަށް އެތެރެވަނީ އިންޑިޔާގެ އުތުރު އިރުމަތީ ސަރަހައްދުގެ ސްޓޭޓެއް ކަމަށްވާ މަނިޕުރް އަށެވެ.

މިޔަންމާގެ ރިޔާސީ އިންތިހާބާއި ގުޅިގެން އެގައުމުގެ ސިފައިން ނުކުމެ، އެގައުމުގެ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ބަޣާވާތްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. މިކަމާއި ދެކޮޅަށް އާންމުންގެ މީހުން ތެދުވެ މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސިފައިން ނުކުތީ ހަތިޔާރާއެކުގައެވެ. ފުލުހުންނާއި އާންމުންނާއި ދެމެދު ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި 600 އަށްވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 43 ކުޑަކުދިން ހިމެނޭކަމަށްވެސްވެއެވެ.

މިޔަންމާގެ ރައްޔިތުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ނުކުމެ، ހިންގަމުންދާ އަނިޔާވެރިކަން ދުނިޔޭގެ އެހެން ގައުމުތަކުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ކުށްވެރި ކުރަމުންދިޔަނަމަވެސް އަދި މިކަމަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން