ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެގެންކަމަށްބުނެ ޕެރިސްގެ ރެސްޓޯރަންޓެއްގައި ކާންތިބި 100 މީހުން ޖޫރިމާނާ ކޮށްފިއެވެ.

މިކަމާބެހޭގޮތުން ޕެރިހުގެ ފުލުހުން ބުނެފައިވަނީ ރެސްޓޯރަންޓުގައި ކާންތިބި މީހުންގެ އިތުރުން، އެރެސްޓޯރަންޓުގެ މެނޭޖަރު ވެސް ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި މިމީހުން ޖޫރީމާނާކޮށްފައިވަނީ އެގައުމުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެފައިވާތީކަމަށް ޕެރިހުގެ ފުލުހުން ބުނެފައިވެއެވެ.

ކޮވިޑާއި ގުޅިގެން ޕެރިހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވީނަމަވެސް، ރެސްޓޯރެންޓް ފަދަ ތަންތަނުގައި މީހުން އެއްވެ އުޅުން ގިނަވެ، ޖާނަލިސްޓުންނާއި، ފުލުހުން ގުޅިގެން މިކަންކަން އާންމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ފިޔަވަޅުތަކާއި ހިލާފުވާމީހުން 100 ޔޫރޯ އާއި 15،000 ޔޫރޯ އާއި ދެމެދު ގެ އަދަދަކުން ޖޫރީމާނާކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން