އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒެބެތު، ފިރިކަލުން، ޕްރިންސް ފިލިޕް އާއެކު.
އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒެބެތު، ފިރިކަލުން، ޕްރިންސް ފިލިޕް އާއެކު.
އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒެބެތުގެ ފިރިކަލުން، ޕްރިންސް ފިލިޕް އަވަހާރަ ވެއްޖެއެވެ.

99 އަހަރުގެ ޕްރިންސް ފިލިޕް އަވަހާރަ ވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްްގައެވެ. އަދި އިނގިރޭސިވިލާތުގެ ޝާޙީ އާއިލާއިން ވަނީ މިކަން ޔަގީންކޮށްދީ ފައެވެ.

މައުލޫމާތު ލިބޭގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވައި ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، މިދިޔަ މާރޗްމަހުގެ 16 ވަނަ ދުވަހު ފިލިޕް ވަނީ ގަނޑުވަރަށް އަނބުރާ ވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގެ ޝާޙީ އާއިލާއިން މިކަން ޔަގީންކޮށްދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނުގައި، ޕްރިންސް ފިލިޕް ނިޔާވުމާއި ގުޅިގެން މުޅި ދުނިޔެ ކުރަމުންދާ ހިތާމައިގައި، އެއާއިލާއިން ބައިވެރިވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ޕްރިންސް ފިލިޕް ނިޔާވުމާއި ގުޅިގެން އިިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން ވިދާޅުވީ، ޕްރިންސް ފިލިޕް ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމަޔާއި އެކު ކަމަށާއި، އެމަނިކުފާނަކީ އެތައް ޒުވާނުންނަކަށް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެތައްބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.

ޕްރިންސް ފިލިޕް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މެމްބަރަކަށް ވެވަޑައިގަތީ 1921 ވަނަ އަހަރު ޖޫން މަހުއެވެ. ނަމަވެސް ޕްރިންސް ފިލިޕް އުފަންވެ ވަޑައިގަތީ ގްރީސް އަދި ދަނިޝްގެ ޝާހީ އާއިލާ އަކަށެވެ.

ޕްރިންސް ފިލިޕް ވަނީ ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވެފައެވެ. އަދި އެއަށްފަހު އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ އާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވިއެވެ. ޕްރިންސް ފިލިޕް، ކުއީން އެލިޒެބެތު އާއި ކައިވެނި ބައްލަވައިގަތުމަށް ހުއްދަދިނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހުއެވެ. ކުއީން އެލިޒެބެތު އާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން ގްރީސް އަދި ދަނިޝްގެ ޝާހީ އާއިލާއިން ޕްރިންސް ފިލިޕްއަށް ލިބިފައިވާ ލަގަބާއި މަގާމްތައް ދޫކޮށްލާފައިވެއެވެ.

ކުއީން އެލިޒެބެތު އާއި ކައިވެނި ބައްލަވައިގެންނެވިއިރު ޕްރިންސް ފިލިޕަށް ވަނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޑޫކް އޮފް އެޑިންބަރގް ގެ މަގާމު ލިބިވަޑައިގެންފައެވެ. 1947 ވަނަ އަހަރު ކުރެވުނު ކުއީން އެލިޒެބެތު އާއި ޕްރިންސް ފިލިޕްގެ ކައިވެންޏަށް 4 ކުދިން ލިބިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން