ދުނިޔޭގައި ފުރަތަމަ ފަހަރަށް ދިރިހުރި މީހެއްގެ ފަރާތުން، ކޮވިޑް ޖެހިފައިވާ މީހަކަށް ފުއްޕާމޭގެ ޓްރާންސްްޕްލާންޓެއް ހަދައިފިއެވެ.

ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދީ ޖަޕާނުގެ އަންހެނަކު ކޮވިޑް ޖެހި، އޭނާގެ ފުއްޕާމޭ ބޭނުން ނުކުރެވޭވަރަށް ފެއިލްވުމުންނެވެ. މިގޮތަށް ގުނަވަން ފެއިލް ވުމުން މަރުވާ މީހެއްގެ ފަރާތުން ގުނަވަނެއް ހޯދުމަށް ވެއިޓް ލިސްޓު ކުރެވޭއިރު، ގުނަވަނެއް ލިބުމަށް އެތައް ދުވަހެއް ހޭދަވެއެވެ.

ނަމަވެސް، މަރުވާ މީހެއްގެ ފަރާތުން ގުނަވަނެއް ހޯދުމުގެ ބަދަލުގައި އޭނާއަށް ފުއްޕާމޭ ހަދިޔާ ކުރީ އޭނާގެ ފިރިހެން ދަރިފުޅާއި ފިރިމީހާއެވެ. 11 ގަޑިރުގެ އޮޕަރޭޝަނަކަށްފަހު، ފުއްޕާމޭގެ ބައެއް ހަދިޔާ ކުރި ފަރާތްތަކުންނާއި، ފުއްޕާމޭ ލިބުނު އަންހެންމީހާގެ ހާލު ރަނގަޅުކަމަަށް ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިއީ މިފަދައިން ދިރިހުރި މީހެއްގެ ފަރާތުން ގުނަވަނެއް ހަދިޔާކުރި ފުރަތަމަ ފަހަރު ކަމަށްވެއެވެ. ކޮވިޑާ ގުޅިގެން އާ ފުއްޕާމެއަކަށް ބޭނުންޖެހިފައިވާ އެތައް ބަޔަކު ދުނިޔޭގައި އެބަތިބިކަމަށްވެސް ވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން