ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު، މިދިޔަ ހަތް އަހަރު ތެރޭގައި މައްޗަށް ނުދާވަރަށް، މިއަހަރު މައްޗަށް ޖެހިލައިފިކަމަށް އަލިފް ދާލުގެ ކާނާއާއި ބެހޭ އޭޖެންސީން ބުނެފިއެވެ.

އަލިފް ދާލުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ މިދިޔަ މަރޗް މަހު އަގުތައް މައްޗަށް އުފުލިގެންދިއުމާއިއެކު، ޖެހި ޖެހިގެން މިދިޔަ 10 މަސްދުވަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާކަމަަށް ދައްކާފައިވެއެވެ. އަދި މީގެ ކުރިން ވެޖިޓަބަލް އޮއިލް، މަހުގެ ބާވަތްތައް އަދި ކިރުގެ ބާވަތްތަކުގެ އަގުތައް އެންމެ ބޮޑަށް އުފުލިގެން ދިޔައީ ޖޫން 2014 ވަނަ އަހަރުކަމަށްވެސް އަލިފް ދާލުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ތެލާއި، ސީރިއަލް ނުވަތަ ގޮދާމުގެ ބާވަތްތައް، އަދި ކިރުގެ ބާވަތްތަކާއި މަހުގެ ބާވަތްތަކުގެ އިތުރުން ހަކުރުގެ އަގުތައްވެސް ވަނީ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު މަރޗް މަހު އުފުލިފައެވެ. މީގެތެރެއިން ސީރިއަލް ގެ ބާވަތްތަކުގެ އަގުތައް މިއަހަރު އިތުރަށް މައްޗަށް ދިއުން އެކަށީގެން ވާކަމަށް ވެސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ފާހަގަކޮށްފައިވެއެވެ.

މިފަދައިން އަގު އުފުލިފައިވަނީ ޑިމާންޑާއި އެއްވަރަށް ތަކެތި ނުއުފެއްދޭތީކަމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ލަފާކޮށްފައިވެއެވެ. ނަމަވެސް މި ތަފާސް ހިސާބާއެކު، ކުންފުނިތަކުން މިފަދަ ތަކެތި އުފައްދަމުންދާ މިންވަރު މިއަހަރު އިތުރު ކުރާނެ ކަމަށްވެސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން