ޗައިނާގެ ބެއިޖިންގ ސިޓީ އަކީ ދުނިޔޭގެ އެންމެ މުއްސަނދިން ގިނަ ސިޓީ ކަމުގައި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން ބެއިޖިންގ ގައި 100 ބިލިއަނަރުން ދިރިއުޅޭ ކަމަށް ބިޒްނަސް މެގަޒިން އިން ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެ ކުރިން ދުނިޔޭގެ އެންމެ މުއްސަނދިން ގިނަ ސިޓީތަކުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ނިޔު ޔޯކް ސިޓީއެވެ.

މީގެ ކުރިން 7 އަހަރު ދުވަހު ދުނިޔޭގެ މުއްސަނދިން ގިނަ ސިޓީތަކުގެ އެންމެ ކުރީގައި އޮތް ނިޔު ޔޯކް ސިޓީ ގައި 99 ބިލިއަނަރުން ދިރިއުޅޭކަމަށްވެއެވެ. އަދި މިލިސްޓުގެ އެންމެ ކުރީގައި މިހާރު ޗައިނާގެ ސިޓީއެއް އޮތް ނަމަވެސް، ބިލިއަނަރުންގެ އާމްދަނީ އެއްކޮށްލުމުން އެންމެ ކުރީގައި އަދިވެސް އޮތީ ނިޔުޔޯކް ސިޓީއެވެ.

ބެއިޖިންގ ގައި ދިރިއުޅޭ ބިލިއަނަރުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޓިކްޓޮކް ގެ ފައުންޑަރ ޒަންގ ޔިމިންގ އެވެ. މިލިސްޓުގައި ޒަންގ ޔިމިންގ ހިމެނިފައިވަނީ 35.6 ބިލިއަން ޑޮލަރާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން