ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް (ކ) އާއި، ކުރީގެ ޕީޖީ އަޙްމަދު މުޢިއްޒު (ވ)
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް (ކ) އާއި، ކުރީގެ ޕީޖީ އަޙްމަދު މުޢިއްޒު (ވ)
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މަތިން ހަނދާން ނެތެމުން ދިއުމަކީ މާބޮޑަށް އައިބު ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ، ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި ފައިސާ ހޯދުމަކީ އައިބު ކަމެއް ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީ، މާސިންގާ ޚިޔާނާތުގެ އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައި ނުވުމަކީ މާއައިބު ކަމެއް ކަމަށާއި، އަދި އެކަމުގައި ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިގެން އުޅުއްވާތަން ނުފެނުމަކީ ވެސް ވަރަށް އައިބު ކަމެއް ކަމަށެވެ.



އެމްޑީޕީގެ ޗެއާޕާސަން އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ، ކޮންބައެއްކަން ނޭގޭ ބަޔަކަށް ވެންޓިލޭޓަރުތައް ގަންނަން 31 މިލިއަން ރުފިޔާ ސަރުކާރުން ދިނުމަކީ ބައެއް ބޭފުޅުންނަށް އައިބު ކަމެއް ނޫން ކަމަށެވެ. އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތަށް ނުލިބުމަކީ އައިބު ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. އެކަމަކު ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދުކަމުން ސަރުކާރުން އެ ގަބޫލެއް ނުކުރެއެވެ. އެއްބަސްވުމުގައި ބުނާގޮތުން ނަމަ ރާއްޖެއަށް އަދި ވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން