ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް
ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް
ކ. އަތޮޅު ހުރާ އާއި ދިއްފުށީގެ ކޮވިޑް-19ގެ ހާލަތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހަންމަދު ނިމާލް ވިދާޅުވީ ހުރައާއި ދިއްފުށީގެ ހާލަތާއިމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިދެރަށުގެ ޒިންމާ އަދާކުރައްވާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތްތަކަށް ނިމާލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ރައްޔިތުން ކިޔަމަންތެރިކަމާއި އެއްބާރުލުމުގެ ނަމޫނާ ފެނިގެން ހިނގައްޖެ. މިހާލަތުން ސަލާމަތް ކުރައްވާށި. އާމީން." ކުރީގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ކަންވެސް ކުރެއްވި ނިމާލް ވިދާޅުވިއެވެ.ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ގަޑިއިރުގެ ކަރަންޓް ޔަގީން ކޮށްދިނުމަށް ހިންގި މަޝްރޫއު ރާއްވަވާ، އެމަޝްރޫއުގެ ގިނަ އަމަލީ މަސައްކަތްތައް ހިންގެވި ނިމާލަކީ އޭނާގެ ދުވަސްވީ ތަޖުރިބާއާއި ރައީސް ޔަމީންގެ ލަފާފުޅާއެކު އެއިދާރާ ހިންގެވުމުގައި ބޮޑެތި ކާމިޔާބު ތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމިންގެ ސައްވީސް ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރެއްވި އެއްބޭފުޅަކީ ނިމާލު ކަމަށް ވާއިރު ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއި ނިމާލްގެ ސަޕޯޓަރުން ވެސް ނިމާލް ސިފަކުރައްވަނީ "24 އަވާސް މޭން" ގޮތުގައެވެ.

ރަށްރަށުގައި ކުރިން އެންމެ ބޮޑުވެފައި އޮތް ކަރަންޓުގެ މައްސަލައަށް އަވަސް ހައްލުތަކެއް ގެނަސްދީ އަދި ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ނިމާލުގެ ހިކުމަތްތެރި މުރާލި މަސައްކަތުގެ ނަތީޖާ ފެނައިގެ ޚިދުމަތްތަކުން ފެނިގެން ގޮސްފައިވާއިރު މިއަދު ނިމާލު މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަށްވަނީ އެތަޖުރިބާ ތަކާއެކު ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުމުގެ މަތިވެރި އަޒުމުގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ނިމާލު މާލެ އަތޮޅުގެ ކައުންސިލްގެ ރައީސް ކަމަށް ރައްޔިތުން ހޮއްވަވައި ދެއްވައިފި ނަމަ އަތޮޅަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ވެސް ނިމާލު ދެއްވައެވެ. ނިމާލުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވަނީ އެއްވެސް ފިކުރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ފިކުރަކާއެކުގައި މަސައްކަތްކުރަށްވައި ނަތީޖާ ނެރެދެއްވުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކެއްގައި އެންމެ ކުރީ ސަފުގައި ހުންނަވައިގެން ސަރުކާރު ޖަވާބުދާރިކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނުގެ ހައްގުގައި ނިމާލު ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ފުލުހުން ކޮންމެ ދުވަހަކު ހައްޔަރު ކުރި ނަމަވެސް އެމަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމުގައި ނިމާލު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކ. ހުރާއިން އިތުރު ފަސް މީހަކު މިއަދުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު އެރަށުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދު ވަނީ 33 އަށް އަރާފައެވެ. ހުރައަށް އަރައި ފޭބުން ވެސް މަނާކޮށް އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ އިތުރުން ކ. އަތޮޅު ދިއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން އިތުރު މީހަކު ޕޮޒިޓިވްވުމާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައެވެ. އެރަށައް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން