ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް
ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް
މާލެއަތޮޅު ކައުންސިލުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ ހުރިހާ ފިކުރެއް އެއްތަންކޮށް އެންމެންގެ މީހެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ނިމާލް ވިދާޅުވީ، މާލެ އަތޮޅު ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި، އެމަސައްކަތް ކުރުމުގައި ސައްވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ.

އޭނާ ހޮވައިފިނަމަ ރައްޔިތުންނާއި ދޭތެރޭ ވިސްނުމުގައި ސައްވީސް ގަޑިއިރު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނިމާލް ވަނީ ދެއްވާފައެވެ."ހުރިހާ ފިކުރެއް އެއްތަންކޮށް އެންމެންގެ މީހެއްގެ ގޮތުގައި ހުންނާނަން، މާތް ﷲ އަޅުގަނޑަށް ސާބިތުކަން ދެއްވާށި، އާމިން." ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ނިމާލު ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނިމާލް މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާއިރު އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ގަޑިއިރުގެ ކަރަންޓް ޔަގީން ކޮށްދިނުމަށް ހިންގި މަޝްރޫއު ރާވައި، އެމަޝްރޫއުގެ އަމަލީ މަސައްކަތް ހިންގެވި މޭސްތިރިޔާއެވެ. އޭރު ނިމާލަކީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރެވެ. އެހެންކަމުން ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއި ނިމާލްގެ ސަޕޯޓަރުން ވެސް ނިމާލް ސިފަކުރައްވަނީ "24 އަވާސް މޭން"ގެ ގޮތުގައެވެ.

ނިމާލު ވިދާޅުވަނީ މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އޭނާ ހޮއްވަވައި ދެއްވައިފިނަމަ އޭނާގެ އެ ތަޖުރިބާގެ އަލީގައި ނަމޫނާ ދައްކަވައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. ނިމާލަކީ ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި ނަތީޖާ ނެރެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު މަސައްކަތް ހަވާލު ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ނިމާލު ފާހަގަކުރެވެނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމިން މިނިވަން ކުރުމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކުގައި އެންމެ އިސްސަފުގައި ހަަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ނިމާލު ވިދާޅުވަމުން ގެންދަވަނީ އޭނާގެ ނަފުސު ޖަލަށް ލިޔަސް ރައީސް ޔާމީން މިނިވަން ކުރުމުގައި އޭނާގެ ހިތާއި ރޫހުން ކުރަށްވަމުން ގެންދަވާ މަސައްކަތުގެ ރޫހު ޖަލުގައި ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި މިސަރުކާރު ޖަވާބުދާރީ ކުރުވައި ގައުމު އިސްލާހީ މަގަށް އަޅުވަން ކުރާ މަސައްކަތް އޭނާ ޖަލަށް ލައި އަނދަގޮނޑި ޖެހިޔަސް ނުހުއްޓުވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމް ދީނާއި މިނިވަން ކަމުގެ ދިފާޢުގައި އޭނާ ކުރަށްވާ މަސައްކަތުގެ ރޫހު ޖަލަށްލައި ހައްޔަރުކޮށް ކަސްތޮޅު ނޭޅުވޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބައްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި އެންމެ ފުރަތަ އަދި އެންމެ ގިނައިން ފުލުހުން ހައްޔަރުކޮށްފައިވާ އެއްބޭފުޅަކީ ނިމާލްކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ފެނަކަ ޗެޓްލޮގް

28-Mar-2021

ޢެހެން ވެއްޖެއްޔާ ކަލޭ ޕުއްޕު ޕާޓީން ކުރިމަތިލީ ކީއްވެބާ?ޓްރެންޑިން