މޭގަން މާކަލް އަދި ޕްރިންސް ހެރީ އޮޕްރާއަށް ދެއްވި އިންޓަރވިއުގެތެރެއިން.
މޭގަން މާކަލް އަދި ޕްރިންސް ހެރީ އޮޕްރާއަށް ދެއްވި އިންޓަރވިއުގެތެރެއިން.
އިނގިރޭސިވިލާތުގެ ޝާޙީ އާއިލާއާއި ވަކިވެ، ޝާޙީ މަގާމުން ވަކިވުމާވުމާމެދު ވާހަކަ ދައްކައި، އޮޕްރާ އަށް މޭގަން މާކަލް އަދި ޕްރިންސް ހެރީ ދެއްވި އިންޓަރވިއު ވެގެންދިޔައީ ގިނަ ބަޔަކު ބެލި މަގުބޫލު އިންޓަރވިއުއަކަށެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބުނުނަމަވެސް މިއިންޓަވިއޫގައި ގިނަ ބަޔަކަށް ކަމުނުދިޔައީ މިއިންޓަރވިއު މެދުތެރެއިން އާންމު ކުރި އިސްތިހާރުތައް ގިނަވުމާއިއެކުއެވެ. ހާއްސަކޮށް މިއިންޓަރވިއު ބަލަމުންދިޔަ އިނގިރޭސިވިލާތުގެ ރައްޔިތުން ވަނީ އިސްތިހާރުތައް ގިނަކަން ފާހަގަކޮށް ފާޑުކިޔާފައެވެ.

އަދި މި އިންޓަރވިއުބެލި އިނގިރޭސިވިލާތުގެ މީހުން ވަނީ އެމެރިކާގައި ބޭހުގެ އިސްތިހާރު ކުރުން ގިނަވުމާމެދުވެސް ސުވާލުއުފައްދާފައެވެ. މިގޮތުން އެމެރިކާގައި އެކިކަންކަމަށް ބޭސް އިސްތިހާރު ކުރުން ގިނަވުމާމެދު ގިނަބަޔަކު ވަނީ ކަންބޮޑުވެ އެކަން މީސްމީޑިޔާގައި ހިއްސާކޮށްފައެވެ.

މިމަހު އެންމެ ގިނަބަޔަކު ވާހަކަ ދައްކަމުންދިޔަ، އަދި ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދައިފައިވާ މޭގަން މާކަލް އަދި ޕްރިންސް ހެރީ އޮޕްރާއަށް ދެއްވި އިންޓަރވިއުގައި، ޝާޙީ އާއިލާގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއި، ރައްކާތެރިކަމާއި އެހީތެރިކަމަށް އެޅުނު ހުރަސްތަކާއި، ޝާޙީ މަގާމުތަކާއި ވަކިވާން ނިންމުމާއިއެކު، އާއިލާގެ ގުޅުންތަކަށް ކުރިމަތިވި ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ.

އަދި ކަންކަން ބަދަލު ކުރުމުގައި ލުއިވާނެކަމަށް އުންމީދުކުރި ނަމަވެސް ނަފްސާނީ ގޮތުން އެތަކެއް ގޮންޖެހުމަކާއި ކުރިމަތި ލާން ޖެހުނުކަމަށް މިއިންޓަރވިއޫގައި މޭގަން މާކަލް ވަނީ ފާހަގަކޮށްފައެވެ.

މިއިންޓަރވިއުއަށްފަހު، އިނގިރޭސިވިލާތުގެ އާންމުގެ އިތުރުން އެގައުމުގެ މީޑިޔާއިން ވަނީ ހާމަކަން ބޮޑު ގޮތެއްގައި މޭގަން މާކަލް އަދި ޕްރިންސް ހެރީ އަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން