އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިފައިވާ މީހުންގެ މެދުގައި މާސްކް ނާޅާ އެކަކު އަނެކަކާއި ބައްދަލުކުރެވޭނެ ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ހާމަކޮށްފިއެވެ.

މިގޮތުން ވެކްސިން ޖަހާފައިވާ މީހުންނަށް މާސްކް އެޅުމަށް ދެވުނު ލުއިތަކާއެކު އިތުރު ލުއިތަކެއްވެސް ސީޑީސީއިން ވަނީ ދީފައެވެ. މީގެތެރޭގައި، ވެކްސިން ޖަހާފައިވާ ފަރާތްތަކުން ވެކްސިން ނުޖަހާ ފަރާތްތަކުގެ ތެރެއިން ކޮވިޑު ބަލީގެ ރިސްކުދަށް މީހުން ގާތަށް ޒިޔާރަތް ކުރެވޭނެކަމަށްވެސް ވަނީ ނިންމާފައެވެ.

އަދި މިފަދަ ފަރާތްތަކަށް ޒިޔާރަތްކޮށް އެއްކޮށް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުމަށް ސީޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއާއުސޫލުތަކަކީ ކޮވިޑު ވެކްސިން ޖެހުމަށްފަހު އާންމު ހާލަތަކަށް ރުޖޫއަވުމަށް އެހީތެރިވުމަށް ހެދިފައިވާ އުސޫލުތަކެއްކަމަށް ސީޑީސީން ބުނެފައިވެއެވެ. އަދި އާންމު ހާލަތަކަށް ދިޔުމުގައިވެސް ރައްކާތެރިކަން އިހުތިޔާރުކުރުމަށް މިއުސޫލުތަކުން އެހީތެރިވެސޭނޭކަމަށް ސީޑީސީން ބުނެފައިވެއެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށިޔަސް ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ލުއިނުދޭން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން