"އަންހެނުން ނިސްބަތްވަނީ ބަދިގެއަށް" ކަމަށްބުނެ ބާގާ ކިންގ ޔޫކޭއިން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރި ޓްވީޓަށް މަޢާފަށް އެދި އެ ޓްވީޓް ފޮހެލައިފިއެވެ.

ބަރގަރކިންގް ޔޫކޭ އަކީ، ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން، ބަރގާކިންގުން އިނގިރޭސިވިލާތުގައި ގާއިމުކުރެވިފައިވާ ބާގަރކިންގުގެ ރެސްޓޯރަންޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ޓީމެވެ. އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ބާގަރކިންގުގެ ޓީމުން ކުރި މި ޓްވީޓާއެކު ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، އަންހެނުންނާމެދު ތަފާތު ކުރުމާއި، އަންހެނުންނަކީ ދަށް ބައެއްގެ ގޮތުގައި ސިފަ ނުކުރުމަށް ގޮވާލައިފައިވެއެވެ.

ނަމަވެސް ބާގަރކިންގް ޔޫކޭއިން ކުރި ޓްވީޓަކީ ކަލިނަރީ ދާއިރާގައި ޝެފުންގެ ގޮތުގައި އަންހެނުން ފެންނަލެއް މަދުކަން ފާހަގަކޮށް އެކަމަށް ބާރު އެޅުމުގެ ގޮތުން ކޮށްފައިވާ ޓްވީޓެއްކަމަށް ބާގަރކިންގް ޔޫކޭއިން ހާމަކޮށްފައިވެއެވެ. އަދި މިޓްވީޓަށް ލިބުނު ފާޑުކިޔުންތަކާއެކު، ބާގަރކިންގް ޔޫކޭއިން ވަނީ އެކަމަށް މައާފަށް އެދި އެޓުވީޓް ޑިލީޓްކޮށްލާފައެވެ.





އެކަމަށް މައާފަށް އެދެމުން ބަރގަރކިންގް ޔޫކޭއިން ބުނެފައިވަނީ، އެޓްވީޓުގެ ބޭނުމަކީ އިނގިރޭސިވިލާތުގައި ކަލިނަރީ ދާއިރާގައި ޝެފުންގެ ގޮތުގައި ފެންނަނީ 20 އިންސައްތަ އަންހެނުންކަން ފާހަގަކޮށް، މިދާއިރާއިން އަންހެނުން ކުރިއެރުވުމަށް ބާރުއެޅުމުގެ މަގުޞަދުގައި ކުރި ކަމެއް ކަމަށެވެ. ނަމަވެސް ޓްވީޓުގެ މަގުސަދު ހާސިލުވެފައިނުވަނީ ޓްވީޓް ކުރެވުނު ގޮތް ކަމުނުދިޔުމުން ކަމާއި، މިކަން ތަކުރާރު ނުކުރާނެކަމަށް ބަރގަރކިންގް ޔޫކޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން