ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރ، ޑރ. މައިކަލް ރަޔަން.
ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރ، ޑރ. މައިކަލް ރަޔަން.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފެށިޔަސް ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް އަދި ލުއި ނުދެވެނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

މިކަމާ ބެހޭަގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރ، ޑރ. މައިކަލް ރަޔަން ވިދާޅުވީ ވެކްސިނަކީ ކޮވިޑުން ރައްކާތެރިވުމަށް ލިބިފައިވާ އަގުހުރި ކާމިޔާބީއެއްކަމަށެވެ. ނަމަވެސް ވެކްސިން ލިބުނަސް އަދި ވެކްސިން ޖަހަން ފެށިޔަސް ކޮވިޑުން މުޅިން ރައްކާތެރިވެވިއްޖެކަމަށް އަދި ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ވެކްސިން ޖަހަން ފެށިޔަސް މިބަލީގެ ނުރައްކާ ކުޑަވެފައިނުވާތީ، ވެކްސިނުން ލިބޭ ރައްކާތެރިކަން ބޭކާރު ނުވާނޭގޮތަށް އަމަލު ތައް ބަހައްޓަން ޖެހޭނެ ކަންވެސް ޑރ. ރަޔަން ފާހަގަ ކުރައްވާފައިވެއެވެ. މިއާއެކު، ވެކްސިން ޖަހަން ފެށިޔަސް ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ލުއިނުދިނުމަށް ޑރ. ރަޔަން ވަނީ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

"އެކި ސަރުކާރުތަކުންނާއި، އާންމު ފަރާތްތަކުންވެސް މިބަލިމަޑުކަމުން ސަލާމަތްވެވުނީކަމަށް ވިސްނުމަކީ ކަންބޮޑުވާކަމެއް. ރައްކާތެރިނުވާނަމަ މިބަލީގެ ތިންވަނަ ރާޅެއް ނުވަތަ ހަތަރުވަނަ ރާޅަކަށް ދިޔުންވެސް އެކަށީގެންވޭ." ޑރ. ރަޔަން ވިދާޅުވިއެވެ.

ވެކްސިން ޖެހުމަށް ފަހު މިކަން މިނިމުނީ ކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަކީ ވައިރަހަށް ދެވޭ އިތުރު މިނިވަން ކަމެއްކަމަށްވެސް ޑރ. ރަޔަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މިގޮތަށް މަދުބަޔަކު ދޫދިން ކަމުގައިވިޔަސް ވައިރަސް އިތުރަށް ފެތުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް ޑރ. ރަޔަން ވިދާޅުވިއެވެ.

ކޮވިޑުގެ ހަގީގަތް އަދިވެސް ދަސްކުރަމުންދާ ދަނޑިވަޅެއްގައި ވެކްސިން ޖެހިޔަސް ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ލުއިނުދިނުމަށް ޑަބްލިޔުއެޗްއޯއިން އިލްތިމާސް ކުރަމުންދާއިރު މިހާރު ތައްޔާރު ކުރެވިފައިވާ ކޮވިޑު ވެކްސިން ތައް ނުޖެހޭނެ އެތައްބަޔަކު ހިމެނެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ބައެއް ބަލިތައް ތަހައްމަލު ކުރާމީހުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން