މެލޭޝިޔާގެ ބޮޑުވަޒީރާއި އަނބިކަނބަލުން, ގެފުޅުގެ އެތެރެ ބައްލަވާލެއްވުމަށްފަހު ނުކުމެވަޑައިގަންނަވަނީ.
މެލޭޝިޔާގެ ބޮޑުވަޒީރާއި އަނބިކަނބަލުން, ގެފުޅުގެ އެތެރެ ބައްލަވާލެއްވުމަށްފަހު ނުކުމެވަޑައިގަންނަވަނީ.
މެލޭޝިޔާގެ ބޮޑުވަޒީރު ޓާން ސްރީ މުހިއްޔިދީން ޔާސީން އަދި އަނބިކަނބަލުން ޕުއަން ސްރީ ނޫރައިނީ އަބްދުއް-ރަޙުމާ، ގެފުޅު ބައްލަވާލެއްވުމަށް ގެފުޅުގެ ދޮރުކޮޅު ހުޅުވައިދީފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުމްރާއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އުމްރާ ކުރެއްވުމަށްފަހު ގެފުޅުގެ އެތެރެ ބައްލަވާލެއްވުމަށް، ސައުދީ ސަރުކާރުންވަނީ މެލޭޝިޔާގެ ބޮޑުވަޒީރާއި އަނބިކަނބަލުންނަށް ގެފުޅުގެ ދޮރުކޮޅު ހުޅުވައިދީފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ސައުދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިރަސްމީ ދަތުރުފުޅުގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން