އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   6 މާރިޗު 2021 - 15:36
ބޭންކު އޮފް މޯލްޑިވްސްގެ 2019ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 31ވަނަ ދުވަހު ބޭއްވި އެ ބޭންކުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކުރި 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބެހުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިހާރު ދީފައިވާކަމަށެވެ.

ބީއެމްއެލްއިން ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވަނީ ހިއްސާއަކަށް 26 ރުފިޔާގެ މަގުން ޖުމްލަ 139،929920 (ސަތޭކަ ތިރީސްނުވަ މިލިއަން ނުވަލައްކަ ނަވާވީސްހާސް ނުވަސަތޭކަ ވިހި) ރުފިޔާ ކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނީ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރުމަށް އެދުނު ހިއްސާދާރުންގެ ފައިދާ ވާނީ އެފަރާތްތަކުގެ އެކައުންޓަށް މިހާރު ޖަމާކުރެވިފައި ކަމަށާ އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 18ވަނަ ދުވަހާއި ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ބީއެމްއެލުން ބުނީ ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ނުވަތަ ބޭންކް އެކައުންޓް ބަދަލުކުރެއްވުމަށް ބޭނުންވާ ހިއްސާދާރުން އަންނަމަހުގެ 30ވަނަ ދުވަހުގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު ބީއެމްއެލްގެ މައި އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ ބޭންކުގެ ބްރާންޗަކަށް ނުވަތަ ބޭންކަށް އީ-މެއިލް ކުރެވޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން