ޕީޓާ ތައްޔާރުކޮށްފައިވާ ކެބިން މެދުވެރިކޮށް ކޮވިޑް ޓެސްޓެއް ހެދުމަށް މީހަކު ތައްޔާރުވަނީ.
ޕީޓާ ތައްޔާރުކޮށްފައިވާ ކެބިން މެދުވެރިކޮށް ކޮވިޑް ޓެސްޓެއް ހެދުމަށް މީހަކު ތައްޔާރުވަނީ.
ކޮވިޑު ޖެހިފައިވޭތޯ ބަލަން ހަމައެކަނި ހަޅޭއްލަވާލަން ޖެހޭ ޓެސްޓެއް ނެދަލޭންޑްސްގެ ރައްްޔިތަކު އުފައްދައިފިއެވެ.

ޕީޓާ ވޭން ވީސް ނަމަކަށް ކިޔުނު މިފިރިހެން މީހާގެ އާއީޖާދުގައި ކޮވިޑް ޓެސްޓް ކުރާން ނޭފަތަށާއި އަނގަޔަށް އެއްޗެއްކޮށްޕައިގެން ސާމްޕަލް ނަގާކަށް ނުޖެހެއެވެ. އޭނާ އުފައްދާފައިވަނީ އެއަރލޮކް ކެބިން އެކެވެ. މި ކެބިން ތެރެއަށް ވަދެ ދޮރުލައްޕައިލުމަށްފަހު މާސްކް ނަގައި ހަޅޭއްލަވާ، ނުވަތަ ބާރަށް ލަވައެއް ކިޔާލަންވީކަމަށް ޕީޓާ ބުނެފައިވެއެވެ.

"މިކެބިންގެ ތެރޭގައި ހުރެ ބާރަށް ހަޅޭއްލެވުމުން އެމީހާގެ އަނގަތެރެއިން ނިކުންނަ ވައިގެ ޒަރިއްޔާގައި ކޮރޯނާ ވައިރަހުގެ އަސަރު ހުރިތޯ ޔަގީން ކުރެވޭނެ. ކޮރޯނާވައިރަހުގެ އަސަރުކޮށްފައި ހުންނަ މީހަކު ހަޅޭއްލެވުމުން އަނގައިން ބޭރުވާ ވައިގެ ތެރޭގައި މި ވައިރަހުގެ އަސަރު ހުންނާނެ." ޕީޓާ ބުނެފައިވެއެވެ.

ޕީޓާ ތައްޔާރުކޮށްފައިވާ ކެބިން ޓެސްޓު ކުރުމަށް ނެދަލޭންޑްސްގެ ވެރިރަށް، އެމްސްޓަރޑަރމްގައި ކޮރޯނާވައިރަސް ޓެސްޓު ކުރުމަށް ހާއްސަކުރެވިފައިވާ ސެންޓަރެއްގެ ގާތުގައި ވަނީ ބައްހައްޓާފައެވެ. އަދި މިކެބިން އަށް ވަދެ ކޮވިޑް ޓެސްޓު ހަދާމީހުން ހަޅޭއްލަވާއަޑު ކެބިންގެ ބޭރަށް ނީވޭތީވޭ، ގިނަބަޔަކު މިކެބިން ބޭނުންކޮށް ކޮވިޑް ޓެސްޓު ހެދުމަށް ގަޔާވާކަމަށް ޕީޓާ ވަނީ ފާހަގަކޮށްފައެވެ.

ޕީޓާގެ މިކެބިން މެދުވެރިކޮށް ތިން މިނެޓެއްހާއިރު ތެރޭގައި ކޮރޯނާވައިރަހުގެ އެއްވެސް އަސަރެއް ހުރިތޯ ބެލާލެވޭކަމަށްވެއެވެ. ނަމަވެސް މިއީ އަދި ތަހުލީލުކުރެވެމުންދާ ކެބިންއެއްކަމުން، މީގެން ލިބޭ ނަތީޖާގެ ސައްހަ ކަމާއި މެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ޕީޓާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން