ނިއުޒިލޭންޑުގެ އުތުރުން އޮންނަ ޓެ އަރަރޯ ނަމަކަށް ކިޔުނު ރަށަކަށް 7.2 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މިބިންހެލުމުގެ ބާރުގަދަކަމުން، މުޅި ނިއުޒިލޭންޑަށް މިބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. މިބިންހެލުން އައިސްފައިވަނީ ނިއުޒިލޭންޑް ގަޑިން މެންދަމު 2:27 (ރާއްޖެ ގަޑިން އިރުއޮއްސި 6:27) ގައެވެ.

ނިއުޒިލޭންޑަށް އެރި ބާރުގަދަ ބިންހެލުމާއިއެކު، ނިއުޒިލޭންޑުގެ ސިވިލް ޑިފެންސުންވަނީ މިބިންހެލުން އައި ސަރަހައްދުގައި ދިރިއުޅޭ މީހުން، އުސް ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

މިބިންހެލުމާއިއެކު ސުނާމީއެއް އަރާފާނެކަމަށާއި، އެއްވެސް ގެއްލުމެއްލިބިފައިވޭތޯ ބަލަމުންދާކަމަށް ނިއުޒިލޭންޑުގެ ނެޝަނަލް އެމަރޖެންސީ މެނޭޖްމަންޓް އޭޖެންސީއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން