ބ. ފެހެންދޫ
ބ. ފެހެންދޫ
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ މަޢުލޫމާތު ބައެއް މީޑިއާތަކަށް ޙިއްސާކުރަމުން ފުލުހުން ބުނެފައިވަނީ، ފެހެންދޫގައި ދިހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު 2:30 ހާއިރު ކަމަށައި، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން