ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ވަގު ޑޮލަރުން ސްކޭމްކުރި މީހަކު 19 މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އައްޑޫ ހުޅުދޫ/އިރަމާގެ، ހުސެއިން ޒައިދާން އަލީގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް އައީ ދެ މައްސަލައެއްގައެވެ.

އެއް މައްސަލައަކީ 2023 ވަނަ އަހަރު ލަންކާގެ މީހަކަށް 900 ވަގު ޑޮލަރު ދީގެން އައިފޯނެއް ގަތް މައްސަލައެވެ. އަނެއް މައްސަލައަކީ 2023 ވަނަ އަހަރު 3100 ވަގު ޑޮލަރު ވިއްކުމަށް ފަހު މީހެއްގެ އަތުން 67600 ރުފިޔާ ހޯދި މައްސަލައެވެ.

އައިފޯން ސްކޭމްގެ މައްސަލައިގައި އޭނާގެ މައްޗަށް އައީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމްއެކެވެ. 3100 ޑޮލަރުގެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމްއެކެވެ.

ޒައިދާންގެ މައްޗަށް ދެ ހުކުމްވެސް އިއްވީ އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާއި ނުލައި އޭނާގެ މައްޗަށް އައީހީ ބޮޑު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް