ސްރީލަންކާގެ ނޭވީ- 65 އޮފިސަރަކުވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ
ސްރީލަންކާގެ ނޭވީ- 65 އޮފިސަރަކުވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ
ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ސްރީލަންކާގެ ކަނޑުގެ ސިފައިންގެ އޮފިސަރަކާއި ބައްދަލުވި އެހެން 29 އޮފިސަރަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށާއި، އޭގެފަހުން މިހާތަނަށް އިތުރު 35 އޮފިސަރަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން ސްރީލަންކާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އަސްކަރީ ކޮމާންޑަރ ލިއުޓެނެންޓް ޖެނެރަލް ޝަވޭންދްރަ ސިލްވާ ނެރުއްވި ހާއްސަ ބަޔާނަކާއި ހަވާލާދީ ޑެއިލީ ނިއުސްގައި ރިޕޯޓުކޮށްފައިވަނީ ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ފައުޖުގެ ތެރޭގައި މަސައްކަތްކުރަމުން ދިޔަ އޮފިސަރަކު ބަލިވުމުން ހެދި ޕީސީއާރް ޓެސްޓަކުން އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަވެފައިވާކަމަށާއި، އޭނާއާއި ދިމާވެ ބައްދަލުވެފައި ތިބި ހުރިހާ އޮފިސަރުން ބުރާސްފަތި ދުވަހު ކަރަންޓީނު ކުރެވުނުކަމަށެވެ.

ސިލްވާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވި އޮފިސަރާއި ޑައިރެކްޓް ކޮންޓެކްޓްވި ހުރިހާ މީހުން ޕީސީއާރް ޓެސްޓުކުރުމުން އެނގިގެން ދިޔައީ، އޭނާގެ އިތުރުން 29 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމެވެ. އަދި މިހާތަނަށް ޖުމްލަ 65 އޮފިސަރަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ކޮލޮމްބޯގެ ވެލިސަރާ އަވަށުގައި އޮންނަ މި ކަނޑުގެ ސިފައިންގެ ބޭސްއަކީ 4000 އަށްވުރެ ގިނަ އޮފިސަރުންނާއި އެމީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

ސްރީލަންކާއިން މިހާތަނަށް 477 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 7 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން