ނިދާފަ އޮތްތަން ލައިވްކުރި ވީޑިޔޯގެ މަންޒަރެއް.
ނިދާފަ އޮތްތަން ލައިވްކުރި ވީޑިޔޯގެ މަންޒަރެއް.
ނިދާފަ އޮންނަތަން ލައިވްކޮށްގެން ފައިސާ ހޯދުމަކީ މިފަހަކުން އާންމު ވަމުންދާ ޓްރެންޑެކެވެ. މިގޮތުން މިފަހަރު ނިދާފަ އޮތްތަން ލައިވްކޮށްގެން އެންމެ ރެއަކުން 3000 ޑޮލަރު ހޯދާފައިވަނީ ޓައިވާނުގެ އަންހެނެކެވެ.

ވޭންގް ޔިމިންގް ނަމަކަށް ކިޔުނު މިއަންހެން މީހާއަކީ ކުރީގެ ޗައިނީޒް މެލޭޝިޔަން ޕޮޕް ގްރޫޕެއްގެ ތަރިއެކެވެ. މިގޮތުން މީނާ ފާހަގަ ވެފައިވަނީ ޓައިވާނުގައި ނަން މަޝްހޫރު މީހެއްގެ ގޮތުގައެވެ.

މިއަންހެން މީހާ ނިދާފަ އޮތްތަން އަމިއްލައަށް ލައިވްކޮށް އާންމުކޮށްފައިވަނީ ޓްވިޗް ކިޔާ އެޕެއް ބޭނުންކޮށްގެންނެވެ. އަދި އޭނާގެ ވީޑިއޯ 10،000 އަށްވުރެ ގިނަ މީހުން ވަނީ ލައިވް ސްޓްރީމްކޮށް ބަލާފައެވެ. މިވީޑިޔޯގެ ޒަރިއްޔާއިން އޭނާއަށް 3000 ޑޮލަރު ލިބިފައިވަނީ އެޑްތަކުންނާއި މީހުން ޑޮނޭޓް ކުރި ފައިސާއިންނެވެ.

މީގެ ކުރިން ހަމަ މިޓްވިޗް އެޕް ބޭނުންކޮށްގެން ނިދާތަން ލައިވް ކުރި މީހަކު ވަނީ 16،000 ޑޮލަރު ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން