މިއަހަރު ނިމުމުގެ ކުރިން ކޮވިޑް ނައްތާލުމަކީ އަދި ގަބޫލު ކުރެވޭނެ ވާހަކައެއްނޫން ކަމަށް ޑަބްލިޔުއެޗްއޯގެ އިސްއޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން، މިއަހަރުތެރޭގައި ކޮވިޑު މުޅިން ނައްތާނުލެވުނަސް ވެކްސިނުގެ އެހީތެރިކަމާއި އެކު މިބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭމީހުންނާއި މަރުވާ މީހުން މަދު ކުރެވޭނެކަމަށް ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރ، ޑރ. މައިކަލް ރަޔަން ވިދާޅުވިއެވެ. މިގޮތުން ގައުމުތަކުން މަސައްކަތްކުރަންވީ މިބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ކަމަށް ޑރ. ރަޔަން ވަނީ ވިދާޅުވެފައެވެ.

ޑރ. ރަޔަން ވިދާޅުވާގޮތުގައި ވެކްސިނުގެ ޒަރިއްޔާއިން މިވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމަށް، ކުރެވިފައިވާ ދިރާސާ ތަކުން ލިބިފައިވާ ނަތީޖާ އިން ހާމަވެއެވެ.

"ވެކްސިނުން މިބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭމީހުންނާއި މަރުވާ މީހުން މަދު ކުރެވޭނެ. އަދި މިބަލި ފެތުރުން ކޮންޓްރޯލްކުރެވޭނެ. މިއާއެކު މިޕެންޑެމިކް ވެސް ކޮންޓްރޯލް ކުރެވިގެން ދާނެ." ޑަބްލިޔުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ރަޔަން ވިދާޅުވެފައިވެއެވެ.

ހަމަ މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނަމް ވަނީ ގިނަގައުމުތަކުގައި ވެކްސިން ދިނުމަށް މިބައްޔަށް ހައިރިސްކު މީހުންގެ ބަދަލުގައި ސިއްހަތު ރަނގަޅު ޒުވާނުންނަށް އިސްކަން ދެވެމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާކަން ފާހަގަ ކުރަށްވާފައެވެ. ޑރ. ޓެޑްރޮސް އަދަނަމް ވިދާޅުވީ ވަކިގޮތަކަށް އަމަލު ކުރުމަށް ޑަބްލިޔުއެޗްއޯއިން އެއްވެސް ގައުމަކަށް މަޖުބޫރު ނުކުރުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން