2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ގައިދުރުކަން އިޚްތިޔާރުކޮށްފައި.
2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ގައިދުރުކަން އިޚްތިޔާރުކޮށްފައި.
ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އެދޭ ހުރިހާ މުސްލިމުން، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ސައުދީ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.

މިގޮތުން ވެކްސިން ނުޖަހާ އަންނަ ފަރާތްތަކުން ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންް ޖެހިކަން އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެފައި ވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އެދޭ ހައްޖާޖީން ވެކްސިން ޖެހުމަށް މަޖުބޫރުކޮށް އެކަން އާންމުކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ ގިނަބަޔަކު ބައިވެރިވާ އަޅުކަމެއް ކަމުގަައިވުމުން، ރައްކާތެރިކަން އިޚްތިޔާރު ކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަަޅެކެވެ.

ސައުދީ އަރަބިއްޔާއިން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ހުއްދަދެވިފައިވަނީ ސަައުދީ އަރަބިއްޔާގައި ދިރިއުޅޭ 1000 ފަރާތަކަށެވެ. ނަމަވެސް މިއަހަރު އެހެން ގައުމުތަކުން ބައިވެރި ނުވެވޭނެކަމަށް ސައުދީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން