ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންޑިއާގެ ޓްރެވެލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީން ރާއްޖެ ގެނެސްފިއެވެ.

އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕްގެ ދަށުން ގެނައި މި ޓްރެވެލް އެޖެންޓުންގެ ޓީމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އިޝްތިހާރުކޮށް އެގައުމުން ޒިޔާރަތްކުރާ ފަތުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މި ޓީމު ރާއްޖޭގައި އުޅޭއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް އިތުރަށް ދަސްކޮށް، އިންޑިއާ މަކެޓްގައި ރާއްޖެ އިތުރަށް ވިއްކުމަށް އެހީތެރިވެ ދެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގައި ބައިވެރިވާ އިންޑިއާގެ ބޮޑެތި ޓްރެވަލް އަދި ޓުއާ މެނޭޖްމަންޓް ކުންފުނިތަކުގެ ތެރޭގައި އޭ ޕްލަސް ޓްރެވަލް، ކާނޭޝަން ޓްރެވަލް، ޓްރެވަލް ބުލްޒް، ކޭސަރި ޓުއާސް އަދި ތޯމަސް ކުކް ހިމެނެއެވެ. މި ޓީމުގެ މެމްބަރުން ތިބުމަށް ހަމަޖެހިފައިވަނީ ހެރިޓަންސް އާރަށް, ގްރޭންޑް ޕާކް ކޮށްދިއްޕަރު އަދި އެމަރަލްޑް މޯލްޑިވްސްގައެވެ.

އިންޑިއާ މާކެޓަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ. މިދިޔަ އަހަރުވެސް 62960 ފަތުރުވެރިން އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރިއެވެ. އަދި މިއަހަރުގެ މިހާތަނަށް 44981 ފަތުރުވެރިން ވަނީ އިންޑިއާއިން ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


15

ތުނިޔަ

06-Mar-2021

ތިޔައީރާއްޖެއިސްތިހާރުކުރާކަށްނޫން މިރާއްޖެގަތުލުކުރަން



ޓްރެންޑިން