ނާސާއިން މާސްއަށް ޖައްސާފައިފާ ޕާސަވެރަންސް ރޯވާ ގެ ފްލައިޓް ޑިރެކްޓަރ، ޑަޔާނާ ޓްރޫހިލޯ.
ނާސާއިން މާސްއަށް ޖައްސާފައިފާ ޕާސަވެރަންސް ރޯވާ ގެ ފްލައިޓް ޑިރެކްޓަރ، ޑަޔާނާ ޓްރޫހިލޯ.
ޑަޔާނާ ޓްރޫހިލޯ ކޮލަމްބިއާއިން އެމެރިކާއަށް ހިޖުރަކުރީ ތައުލީމު ހާސިލު ކުރުމުގެ ފޮނި އުންމީދުގައި ނަމަވެސް އޭރު އޭނާގެ ޖީބުގައި އޮތީ އެންމެ 300 ޑޮލަރެވެ. އެމެރިކާއަށް އައި އިރު އިނގިރޭސިން ވާހަކަވެސް ދައްކަން ނޭނގޭ ކަމަށް ޑަޔާނާ ފާހަގަ ކުރިއެވެ. މިގޮތުން ގޭގޭގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރަމުން ފުރަތަމަ ދަސްކުރީ އިނގިރޭސިބަހުން ލިޔަން ކިޔުމަށެވެ.

މިއަދާއި ހަމައަށް ވާސިލުވުމަށް އެތައް އުންމީދުތަކާއި އެތައް ގޮންޖެހުންތަކެއް ކަޑައްތު ކުރަންޖެހުނުކަމަށް ނާސާއިން މާސްއަށް ފޮނުވި ޕާސަވެރަންސް ރޯވާ ގެ ފްލައިޓް ޑިރެކްޓަރ، ޑަޔާނާ ބުނެފައި ވެއެވެ.

ޑަޔާނާ ކޮލެޖު އަދި ޔުނިވާސިޓީ ނިންމީވެސް ގޭގޭގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާ ކުރަމުން ހޯދި ފަައިސާއިންނެވެ.

"ދަތި ހާލުގައި އުޅެން ޖެހުނަސް ޝުކުރު ކުރެވުނީ، ކާން ލިބި، ނިދާނެ ތަނެއްލިބުނު ކަމަށްޓަކާ. ދުވަހަކުވެސް ޝަކުވާއެއް ނުކުރަން ގޭގެ ސާފުކުރަން ޖެހުނީމައެއް ނޫނީ ފާހާނާ ސާފު ކުރަން ޖެހުނީމައެއް. އެދުވަހުގެ ތަޖުރިބާއިން މިއަދުގެ ދިރިއުޅުން އިތުރަށް ފަސޭހަ ވެގެން ދިޔައީ." ޑަޔާނާ ބުނެފައިވެއެވެ.

ޑަޔާނާ ނާސާއާ ގުޅެން ޝައުގުވެރިވީ އާއިލާގެ މީހުންނަށް އަންހެނުންނަކީ ކަންކަން ކުރެވޭނެ ބައެއްކަން ސާބިތު ކޮށްދިނުމަށެވެ. އަދި މިދާއިރާއިން ކުރިއަށް ދިޔުމަށް އެއިރޮސްޕޭސް އިންޖިނިއަަރިންގ ކިޔަވަން ފެށީއްސުރެ، ކިޔަވައި ނިމި ވަޒީފާ އަށް ވަނުމާއެކުވެސް ފެނިގެން ދިޔައީ ލެޓިން ނުވަތަ ސްޕެނިޝް ނަސްލުގެ މީހުން ސްޕޭސް ސައިންސްގެ ދާއިރާގައި ވަރަށް މަދުކަމެވެ. މިއާއެކު އޭނާ ދައްކައިދޭންބޭނުންވީ އޭނާއަށް ވެސް މިއީ ކުރެވޭވަރުގެ ކަމެއްވިއްޔާ ކުރިއަށް އޮތް ޖީލުތަކަށްވެސް މިރޮނގުން ކުރިއަށް ދެވޭނެކަމެވެ.

ޑަޔާނާ ނާސާއާއި ގުޅުނީ 2007 ވަނަ އަހަރު އެއިރޮސްޕޭސް އިންޖިނިއަަރެއްގެ ގޮތުގައެވެ. އޭނާ ޑައިރެކްޓް ކުރި ފްލައިޓް ޕާސަވެރަންސް ރޯވާ މާރސް އަށް ޖައްސާފައިވަނީ މިދިޔަ ހަފްތާގައެވެ. މިތާރީހީ ކާމިޔާބީގައި އިސްކޮށް ހަރަކާތްތެރިވި ޑަޔާނާ ދަނީ އަންހެނުންނަށް ނަމޫނާ ދައްކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން