ޔުނައިޓެޑް އެއަރލައިނުގެ ފްލައިޓެއް.
ޔުނައިޓެޑް އެއަރލައިނުގެ ފްލައިޓެއް.
ޔުނައިޓެޑް އެއަރލައިނުން ފަސިންޖަރަކަށް ފޮނުވި މެސެޖަކާއި ގުޅިގެން އޭނާ އެ އެއާލައިނާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ޔުނައިޓެޑް އެއަރލައިނާ ދެކޮޅަށް ދައުވާ ކުރި ފިރިހެން މީހާ ބުނެފައިވަނީ، އެއަރލައިން ތަކުން ކަސްޓަމަރުންނަށް މެސެޖު ކުރަނީ ދަތުރުގެ އަޕްޑޭޓް ފޮނުވުމަށެވެ. ނަމަވެސް އެމެސެޖުތަކުން އޭނާގެ ފޯނުގެ ބެޓެރީގެ ޗާޖު ހުސްވެ އިތުރު ތަކުލީފެއް އުފުލަން ޖެހުނު ކަމަށް ދައުވާކުރި މިފިރިހެންމީހާ ބުނެފައިވެއެވެ.

ޔުނައިޓެޑް އެއަރލައިނާ ދެކޮޅަށް ދައުވާކޮށްފައިވަނީ ހަވާއީގެ މުއާސަލާތީ ގުޅުމާބެހޭ ގާނޫނުގެ ދަށުންނެވެ. މިގާނޫނަކީ ވިޔަފާރި އިސްތިހާރުކުރާ ކުންފުނި ތަކުން އާންމުންގެ ފޯނަށް ފޮނުވާ މެސެޖުތައް ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ޤާނޫނެކެވެ.

މިގޮތުން އެއަރލައިންތަކުން ފޮނުވާ ފްލައިޓުތަކުގެ މައުލޫމާތު މެސެޖުތަކާއި، ބޯޑިންގ ކުރުމަށް އަންގާ މެސެޖުތަކާއި، ގޭޓު ބަދަލުވެގެން ފަސިންޖަރުންނަށް ފޮނުވާ މެސެޖު ތަކަކީ، މައްސަލަ ޖައްސައިފިނަމަ ހަވާއީގެ މުއާސަލާތީ ގުޅުމާބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމެއްކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން