މާލޭ ސިިޓީގެ ބަނދަރަށް ދޯންޏެއް ވަންނަނީ- ވަކި ޚާއްޞަ ހުއްދައެއްގެ ދަށުން ނޫނީ މާލެސިޓީއަށް ލަފާފުރުން ވަނީ މަނާކޮށްފަ
މާލޭ ސިިޓީގެ ބަނދަރަށް ދޯންޏެއް ވަންނަނީ- ވަކި ޚާއްޞަ ހުއްދައެއްގެ ދަށުން ނޫނީ މާލެސިޓީއަށް ލަފާފުރުން ވަނީ މަނާކޮށްފަ
ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ކައުންސިލްތަކުން ގުޅަން ޖެހޭ ނަމްބަރުތައް ސަރުކާރުން ޢާއްމުކޮށްފިއެވެ.

އެގްރޮނެޓަކީ އަތޮޅުތަކުގެ ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލޭގެ އެކި ފިހާރަތަކަށް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ދަނޑުވެރިން އުފައްދާ ތަކެތި ޑިސްޓްރިބިއުޓްކުރުމުގައި މި ދަނޑިވަޅުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ މިކަމަށް ލުއެއް ހޯދައިދިނުމަށް އެގްރޮނެޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ރަށުގައި ނުވަތަ އަތޮޅުގައި އުފައްދާ ތަކެތި ވިއްކުމަށްޓަކައި ރަށު ކައުންސިލުތަކުން މާލޭގައި ހުންނަ އައިސީޕީ އަށް ގުޅުމުން އެފަރާތުން އެގްރޮނެޓަށް މިތަކެތި ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ރަށްރަށުގެ ދަނޑުވެރިން ހައްދާ ތަކެތި އެޖެންޓުންނާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމައްޓަކައި ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލްތަކުންދޭން ޖެހޭ ކަމަށާއި އެހެން ރަށްރަށުގައި އުފައްދާ ތަކެތި ރަށުގެ ވިޔަފާރިތަކުން ލިބޭނެ އިންތިޒާމު ކައުންސިލްތަކުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ކައުންސިލްތަކަށް އަންގާފައިވަނީ ހާއްސަ ހާލަތުގައި އެއްރަށުން އަނެއްރަށައް ދަތުރުކުރަން ޖެހިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތުގެ "ގައިޑް ލައިން" އާ އެއްގޮތަށް ޒަރޫރީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތައް ހޯދުމަށް އެއްރަށުން އަނެއްރަށައް ދަތުރުކުރުމުގެ ހުއްދަ ދޫކުރުމަށް އެލްޖީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ރަށްރަށުން ގެންނަ މުދާ ބާލައި، ޑިސްޓްރިބިއުޓްކުރުމަށް ނޯތު ހާބަރުގައި ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން