އަހުމަދު މޫސާ (އަންމަޓީ) މެދުގައި
އަހުމަދު މޫސާ (އަންމަޓީ) މެދުގައި
ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ރައީސް ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން، އެ އެޕާޓްމަންޓްތައް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ނެގުމަށްފަހު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމެއްނެތި ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ގިނަ ބައެއްގެ ފައިސާއަށް ސީލައިފް ގްލޯބަލް އިން ޚިޔާނާތްތެރިވެފައިވާތީ އަންމަޓީގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށާއި، ސިވިލް ކޯޓަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހަށް ވަނީ ހުށަހަޅާފައެވެ. އަންމަޓީ ހައްޔަރު ކުރިކަމުގެ އަޑުތައް ފެތުރެން ފެށުމުން ފުލުހުން ބުނެފައިވަނީ، އަހްމަދު މޫސާ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލްއިން އަންގާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އިންޓަޕޯލްއާ ގުޅިގެން ފުރިހަމަކުރަމުންދާ ކަމަށެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު، ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާތީ ސީލައިފްގެ ފްލެޓް ގަތް 203 މީހަކު، ފައިސާ އަނބުރާ ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން ކޯޓުން ބޭރުގައި އެ މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި 43 މިލިއަން ރުފިޔާ ދިނުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން