އެމެރިކާގެ މިޝިގަން ސްޓޭޓްގައި ގުނަވަން ބަދަލު ކުރި އަންހެނަކަށް ކޮވިޑު ޖެހިފައިވާ މީހެއްގެ ފުއްޕާމޭ ލެއްވިގެން ކޮވިޑަށް ޕޮޒިޓިވްވެގެން މަރުވެއްޖެއެވެ.


ގުނަވަން ބަދަލު ކުރަން ކުރެވުނު އޮޕަރޭޝަން ކާމިޔާބުވިނަމަވެސް، ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާ ފުއްޕާމޭ ލިބުނު މީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެ މިބަލީގައި ހާލުދެރަވެގެން މަރުވެފައެވެ. މިކަމާ ބެހޭގޮތުން ޑޮކްޓަރުން ބުނަނީ އޮޕަރޭޝަން ކުރުމުގެ ކުރިން ދެމީހުންވެސް ކޮވިޑަށް ޓެސްޓު ކުރެވުނު ކަމަށާއި އޮޕަރޭޝަން ކުރިއަށްގެންދެވުނީ ދެމީހުންވެސް ކޮވިޑަށް ނެގަޓިވްވެފައިވުމުންކަމަށެވެ.

މިއޮޕަރޭޝަނުގައި ބޭނުން ކުރެވުނު ޑޮނޭޓް ކޮށްފައިވާ ފުއްޕާމޭގެ ޒަރިއްޔާއިން އޮޕަރޭޝަން ކުރުމުގައި ބައިވެރިވި ޑޮކްޓަރުންނަށްވެސް ކޮރޯނާވައިރަހުގެ އަސަރުކޮށް ކޮވިޑަށް ޕޮޒިޓިވްވި ކަމަށްވެއެވެ. މިއީ އެމެރިކާގައި ގުނަވަނެއް ބަދަލު ކުރި މީހަކަަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރު ކަމަށްވެސް ޔުނިވަރސިޓީ އޮފް މިޗިގަން މެޑިކަލް ސްކޫލުން ހާމަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގައި 40،000 މީހުން ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރެވިފައިވާއިރު މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ގުނަވަން ބަދަލުކޮށްގެން ކޮރޯނާވައިރަހުގެ އަސަރުކުރިކަމަށް ރިިޕޯޓު ކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް ޔުނިވަރސިޓީ އޮފް މިޗިގަން މެޑިކަލް ސްކޫލުން ހާމަކޮށްފައިވެއެވެ.

ޑޮނޭޓް ކުރި ފުއްޕާމޭ ބޭނުންކުރުމުގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވިނަމަ އެފުއްޕާމޭ ބޭނުން ނުކުރާނޭކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އިންސާނުންނަށް ކޮރޯނާވައިރަހުގެ އަސަރު ކޮށްފައިވާކަން ޓެސްޓުތަކުން ގިނަ ފަހަރަށް އެނގެނީ ވަކި މުއްދަތެއްްގެ ފަހުންކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ ގުނަވަން ބަދަލު ކުރުމަށް ބޭނުން ކުރެވުނު ފުއްޕާމޭގައި ވައިރަހުގެ އަސަރު ކިތަންމެ ކުޑަކޮށް ހުއްޓަސް ވައިރަސް ދިރިހުރުމަށް ފުރުސަތުލިބި، ވައިރަސް ފެތުރި ކޮވިޑަށް ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު