މާޝާ މިދުހަތު   22 ފެބްރުއަރީ 2021 - 15:46
ކޮވިޑުން ރައްކާތެރިވުމަށް އޮސްޓްރޭލިޔާގައި ވެކްސިން ދޭން ފަށައިފިއެވެ.

މުޅި ގައުމަށް އަމާޒުކޮށްގެން މިއަދު އޮސްޓްރޭލިޔާގައި ފެށި ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެވޭނީ އިސްސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށްކަމަށް އޮސްޓްރޭލިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިއަދުގެ ވެކްސިން ޖެހުމުގެ ކެމްޕޭނު ރަސްމީކޮށް ފެށުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ އިތުރުން ސަރުކާރުގެ އިސްވެރިން ހިމެނޭގޮތަށް 20 މީހަކު ވެކްސިން ޖަހާފައިވެއެވެ. ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހަފްތާ ނިމުމުގެ ކުރިން ވެކްސިނުގެ 60،000 އަށް ވުރެއް ގިނަ ޑޯޒު ދެވޭނެކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން އުންމީދުކުރެއެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި ފުރަތަމަ ބޭނުން ކުރެވޭނީ ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނެވެ. މީގެއިތުރުން ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި ބޭނުންކުރުމަށް އޮކްސްފޯޑް އަދި އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން ލިބޭނެ ކަމަށް އޮސްްޓްރޭލިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

އޮސްޓްރޭލިޔާގައި މިހާތަނަށް ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އުޅެނީ 29،000 އަށް ވުރެއް ދަށުގައެވެ. އަދި މިބަލި ޖެހިގެން 909 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. މިއަދަދުތަކާއެކު، އާބާދީ ބޮޑު އޮސްޓްރޭލިޔާގައި އެހެން ގައުމުތަކާއި އަޅާބަލާއިރު މިބަލި ފެތުރެމުންދާމިންވަރު ކޮންޓްރޯލްކުުރެވިފައި ވާކަނަ ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން