ނާއިލާ ހުސްނީ
ނާއިލާ ހުސްނީ
ނާއިލާ ހުސްނީއަކީ ކިޔަވައި ނިމިގެން ފްލައިޓެއްގެ އެއާހޮސްޓެސް އަކަށް ނުވަތަ ފްލައިޓް އެޓެންޑެންޓަކަށް ވުމަށް ޚިޔާލު ކުރި މީހެއް ވެސް ނޫނެވެ. އޭނާގެ ވިސްނުމުގައި ކުރިއަށް ދިއުމަށް ޚިޔާރުކޮށްފައިވާ ދާއިރާއަކީ އިންޓީރިއާ ޑިޒައިން ކޮންސަލްޓެންޓަކަށް ވުމެވެ. އޭނާ މަތީ ތަޢުލީމަށް ކިޔަވައި ޑިގްރީއެއް ހާސިލުކުރީ މާކެޓިންގ ދާއިރާއިންނެވެ.

ނާއިލާ ޑިގްރީ ނިންމާފައި ކުރިއަށްދާނެ ދާއިރާއަކާއި މެދު ވިސްނަމުން ދިޔަ ދުވަސްވަރު އެއަރލައިނަކަށް މުވައްޒަފުން ނަގަން ހުޅުވާލާފައިވާ އޯޕަންޑޭ ހަރަކާތަކަށް ޒިޔާރަތް ކުރިއެވެ. އޭނާ އެތަނަށް ދިޔައީ އެއްގޮތަކަށް ވެސް މަތިންދާ ބޯޓެއްގައި ވަޒީފާއަދާ ކުރުމަށް ވަޒީފާއެއް ހޯދުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް އެތަނުން އޭނާއަށް ލިބުނު މައުލޫމާތު ތަކާއި ފެނުނު މަންޒަރުތަކުން އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވީއެވެ.

ނާއިލާގެ އުފަން ރަށް ކަމުގައިވާ ޕެރިހުގައި އޮތް މިހަރަކާތަށް ދެވަނަ ދުވަހު ދިއުމުގެ ޝައުޤުވެރިކަން ބޮޑުވީއެވެ. އަދި ދެވަނަ ދުވަހު ގޮސް ވަޒީފާ ހޯދަން ވެސް އެދުނީއެވެ.

ހަފުތާތަކަށްފަހު އޭނާއަށް އެމިރޭޓްސް އެއާލައިނުން ގުޅައި އޭނާގެ ވަޒީފާު ޔަގީންވިކަމުގެ އުފާވެރި ޚަބަރު ދިނެވެ. އެއަށްފަހު ނާއިލާ ދަތުރުވެށީ އޭނާގެ މަންޒިލް ދުބާއީއަށެވެ. އެމިރޭޓްސްގެ ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފައާއެކު އޭނާގެ ދިރުއުޅުން ދުބައީއަށް ބަދަލުކޮށް އުފާވެރިކަމާއެކު އެމިރޭޓްސްގައި ދެއަހަރު ދުވަސް ހޭދަކުރިއިރު ނާއިލާއަށް ވަނީ ދުނިޔޭގެ ވިއްސަކަށް ގައުމަށް ދަތުރުކުރުމުގެ އުފަލާ ފަޚުރު ލިބިފައެވެ.

ނަމަވެސް ނާއިލާގެ އުފާވެރި އުއްމީދީ ކެރިއަރަށް ނިމުން އައީ ކޯވިޑްގެ ނުރައްކާތެރި ބަލިމަޑިކަމާއެކުއެވެ. އޭނާގެ އެންމެ ފަހު ދަތުރު ޕެރިހުން ދުބާއީއަށް ވަރަށް މަދު ފަސިންޖަރުން ކޮޅަކާއެކު ކުރި ދަތުރުގެ ހަނދާންތައް އަދި ވެސް ނާއިލާގެ ހިތުގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު އެއަރލައިންތަކަށް ދިމާވީ މާލީ އަޑިގަޑާއެކު ގިނަ އެއާލައިންތަކުން މުވައްޒަފުން ވަކި ކުރަމުން ދިޔަ ނަމަވެސް މުޅި ހަޔާތް އުދުހުމުގައި ހޭދަކޮށްލުމަށް ނިޔަތް ގަނެގެން ހުރި ނާއިލާގެ ވަޒީފާ ގެއްލިދާނެ ކަމަކަށް އެއްގޮތަކަށް ވެސް އޭނާގެ ވިސްނުމަކަށް ވެސް ނާދެއެވެ.

ނަމަވެސް ވަޒީފާއިން ވަކި ކުރިކަން އެންގުމުން ފުރަތަމަ ވެސް ނާއިލާގެ ހިތައް އެރީ "ކީއްވެ އަހަރެން،" މިލަފުޒެވެ. ނަމަވެސް އޭނާގެ މިސުވާލަކަށް އެއްވެސް ޖަވާބެއް ނުލިބުނެވެ.

ދެން އޭނާ މަސައްކަތް ކުރީ ދުބާއީ އިން ވަޒީފާއެއް ހޯދުމަށެވެ. ނަމަވެސް ކޯވިޑާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި ކުންފުނިތައް ބަނގުރޫޓްވާން ފަށާފައިވާތީ އޭނާއަށް ދުބާއީ އިން އެފުރުސަތެއް ނުލިބުނެވެ. އެހެންވެ ނާއިލާ ދަތުރުފެށީ އޭނާގެ އުފަން ބިމަށެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އެމިރޭޓްސްގައި ނާއިލާ ފެށި ދަތުރު ނިންމާލަން ޖެހުނީ ޕެރިހުގެ ސްޓާބަކްސް އަށެވެ. ނާއިލާއަކީ މިހާރު ސްޓާބަކްސްގެ ބަރިސްޓާއެކެވެ. ކޮފީ ހަދައި ކޮފީ ތަށި މީހުންނަށް ސާވްކޮށްދޭ މީހެކެވެ. ނާއިލާއަކީ އަދި ތަމްރީން ހޯދާ ބަރިސްޓާ އެކެވެ. ނަމަވެސް އޭނާ ބަލަނީ އެއާލައިންގެ މަސައްކަތުގެ ތަޖުރިބާއިން އެންމެ ރަނގަޅަށް މަސައްކަތް އުނގެނި މީހުން ހިތްހަމަޖެހޭ ޚިދުމަތެއް ދިނުމަށެވެ. ނާއިލާ އެންމެ އުފާވަނީ އޭނާ ފްލައިޓް އެޓެންޑެންޓަކަށް އުޅުނުއިރު އިވޭ ބައެއް އަޑުތަކާއި ބަހުރުވަ އެތަނުން ވެސް ކަންފަތުގައި ޖެހޭތީއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ދިރިއުޅުމަށް ވަނީ މިފަދަ ހިތްދަތި އަސަރުތައް ކޮށްފައެވެ. ނަމަވެސް ނާއިލާ ފަދަ ހިތްވަރު ގަދަ މީހުން ވަރަށް މަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން