ކޯވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސްކޫލްތައް ބަންދުކުރަން ނިންމާފައި ވާތީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްކޫލްތައް ބަންދު ކުރާ ނަމަ ދަރިވަރުންގެ ކިޔެވުން ހަލާކުވެދާނެ ކަމަށެވެ. އަދި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލުން ހަމަ އެކަނި ކިޔަވައިދެނީ ނޫން ކަމަށާއި ކުދިންގެ އަޚުލާގީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ސްކޫލްތަކުން އެހީތެރިވެދޭ ކަމަށެވެ. އަދި އާއިލީ މައްސަލަތަކުން ބޭރުގައި ވަގުތުކޮޅަކަށް ނަމަވެސް ބައެއް ދަރިވަރުންނަށް ހޭދަކޮށްލަން ލިބޭ މާހައުލެއްގެ ގޮތުގައި އެކަމަނާ ސްކޫލްތައް ސިފަކުރެއްވިއެވެ.



އިއްޔެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ 14 ދުވަހުގެ މުއްދަތަށް ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގަވާފައެވެ.

މީގެއިތުރުން ޕްރީ ސްކޫލާއި ނާސަރީ ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. މިތަންތަން ވެސް ބަންދު ކުރަން އަންގާފައި ވަނީ ފެބްރުއަރީ ތިނަކުން ފެށިގެން 14 ދުވަހަށެވެ.

މިފިޔަވަޅުތަކުން، ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސާއި، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށް ފައިވާ ވަގުތުގައި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު