ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އަނެއްކާވެސް ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވީ އުމުރުން 28 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި އެއީ ބިދޭސީއެއް ކަމަށް އެ ތަނުން ބުނެފައިވީ ނަަމަވެސް އެ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.

އެ މީހާގެ ވަނަ ވަރު ހާމަކޮށްފައި ނުވާއިރު، މި ފަދަ މައްސަލަތައް މި ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ފެންމަތިވަމުން ދާކަން ފާހަގަކުރެވެއެވެ.

މި ގޮތުން ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ވެސް މިގޮތަށް ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ހިހެފެއްޓުމަށް ފަހު އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.

ގަވާއިދާ ހިލާފަށް ނަކަލުކޮށްފައިވާ ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުން ހުއްޓުވާ އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު