ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް އިއްވިއިރު އެ މައްސަލާގައި ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް، ބުނާ ވާހަކައަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ރައްދުދެއްވައިފިއެވެ.

ބައެއް ފަނޑިޔާރުންނާއި ޔާމިންގެ ދިފާއީ ވަކީލުން އަދި ހާއްސަކޮށް ރައީސް ޔާމިނަށް ތާއީދުކުރައްވާ ފަރާތްތަކުން އެ ގޮތަށް ބުނަނީ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތަކީ އެމަނިކުފާނުންގެ އަދުއްވުންނަށް ވުމުގެ އިތުރުން ފާސިޤުން ކަމުގައި ވާތީ ކަމަށް ބުނެއެވެ.

މި ވާހަކަތަކަށް ރަށްދު ދެއްވަމުން ނުސީދާ ގޮތެއްގައި އަދީބާއި ޒިޔަތަށް އިޝާރާތް ކުރަށްވައި އިސްލާމްދީނުގެ އިލްމުވެެރިޔާ ޑރ. އިޔާޒު ވިދާޅުވީ، އެމީހުންގެ ބޭނުން ހިފުނު އިރު އެއީ ޚާލިދު ބުން ވާލިދު ކަމަށެވެ. އަދި އޭރު އެއީ ފައިސާ ނަގާ އޭޓީއެމް ކަމަށެވެ. އެކަމަކު، އޭނާގެ ބޭނުން ނުހިފޭ ވަރު ވީމާ ފާސިގަކަށް ނުވަތަ މުޖުރިމަކަށް ވެއްޖެ ކަމަށެވެ.

މީގެއިތުރުން، މަޖާޒީ ގޮތެއްގައި ޑރ. އިޔާޒު ވިދާޅުވީ، "ހަކުރު ދެންޏާ ބޮޑުބޭބެ"އޭ ބުނާ ވާހަކައަކީ ވަރަށް ބޮޑު ތެދެއް ކަމަށެވެ.

އަޙްމަދު އަދީބާއި، ޒިޔަތަކީ ފާސިޤުން ކަމަށާއި، އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ، ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި ދެކޮޅަށް، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ދާދި ފަހުން ބޭއްވި ރައީސް ޔާމިންގެ އިސްތިއުނާފު މައްސަލައިގެ ޙުކުމް އިއްވި މަޖިލީހުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ރަޢުޔުގައި ވެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ އަދީބަކީ ރައީސް ޔާމިނާއި އެ މަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއްދޭން އުޅުމުގެ ކުށް ސާބިތުވެފައިވާ ބޭފުޅެއްކަމަށްވާތީއާއި، އަދީބުގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމިނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

މީގެއިތުރުން އަދީބާއި ޒިޔަތުގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ހެކިބަސްދިނީ ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާއި ޚިލާފަށްކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަންނެތްކަމަށް ވެސް ޝަހީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އިބްރާ

26-Jan-2021

ޑރ. އިއާޒަށް މާތްﷲ ތެދުމަގުދައްކަވައި އެ މަގުން ހިނގުމުގެ ތައުފީޤް ދެއްވާށި.


12

ޢަބުދުﷲ

25-Jan-2021

މީހަކު "ފާސިގް" އަކަށްވާގޮތް ޑރ. ޢިޔާޒް އަށް އެނގިލައްވާނެކަމަށް ހީވަނީ.


10

ބިސްބުރު

25-Jan-2021

ދަރިވެސް ވަންކަން ކުރީމަ އަދަބު ލިބެންޖެހޭނެ. ދަރިއައް އަދަބު ދިނީމަ ދަރިއައް ބަފާ ގޯސްވޭ.


5

ިހިލަބެ

25-Jan-2021

އަދީބާއި ޒިޔަތު އެވަނީ އެބޮޑު ވައްކަންކުރިކަމަށް އެއްބަސްވެފަ ދެންކީއްވެ ގޭގައި ހުރުމުގެ ފުރުޞަތުތިދެނީ އެމީހުން ވަގައްނެގިފައިސާ އެމީހުންގެ އަތުންހޯދަންޖެހޭ އެމީހުންގެ މުދާސަރުކާރަށްނަގަެިގެންވެސް


1

ާިޔާތު

25-Jan-2021

ބަލަ އެމްޑީޕީ މީ ހުންނަށް ވެސްވީ ހަމަތިގެން.އޭރު އްދީބަކީ އެންމެނުބައިމީހާ.މިގާރު އަދީބަކީ ހާލިދުބުން ވަލީދު.


6

އާމިރު

25-Jan-2021

ދެން ކޮބައިތަ ފާސިގުންނަކީ؟


11

ހަސަން

25-Jan-2021

މިއަދުގެ ސަރުކާރުން ހިންގާ ކޮންމެފަދަ ޖަރީމާ އެއްވެސް ތިޔަ އިޔާޒަކަށް އޯކޭ ވަނީ ހަކުރު ބޮއި ބޮއި ސަރުކާރު ބޮޑު ދައިތަ އަށް ވެގެންނޫންތޯ


3

މލ

25-Jan-2021

ފަސާދަ ކުރަން މަސައްކަތްކުރާ މީހާގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ. އަޅުގަޑެގެ ކާފައެެއް ކަހަލަ ބޭބޭޔަކު ބުނި ވާހަކައެެއް ހަދާންވާތީ ހިއްސާކޮށްލާނަމެވެ. ފަހުޒަމާނަށް އައިސް އިލްމް ވެރިންނޭ ކިޔައިގެން ބަޔަކު ނިކުމެ އުޅޭނެ ކަމާއި އެ މީންގެ މަސައްކަތަކަށްވާނީ މީހުން ބައިބައި ކުރުންކަމާއި ހަސަދަވެރިކަން އިންތިހާއަށް ހުންނާނެ ކަމާއި އެމީހުން ރައްޓެހިންގެ ގޮތުގައި ނުބެލުމަށް ބުނެފައިވެއެ.


-1

ތޮރުއްޕެ

25-Jan-2021

ލަދެއް ހަޔާތެއް ހުރިނަމަ ތިހެން ނުބުނާނެ ، ލޮނުޒިޔާރަތްކޮޅުގަ ހިންގާ ޔޯގާ ކުލާސް ހުއްޓުވަން އުޅެބަލަ ، ކީރިތިރަސޫލާ އަށް ބަދުބަސް ބުނި މީހުން ތިބި އޮޑިއަށްއަރައިގެން ފަލިޖަހަން ލަދުގަނޭތަ


7

އައްޔު

25-Jan-2021

ހަކުރުދެންޏާ ބޮޑުބޭބެކަން އިގޭ ތިކުރާ ޓްވީޓްތަކުންވެސް އަދި ޕަސެންޓުން ވަންނަ ފައިސާއިންވެސް ތިކަން ވަރަށް ރަނގަޅަށް ސާފުވޭ އިނގޭތޯ . ބުނާތީ އަޑުއިވޭ ދެ ޝެއިޚުންގެ ކުންފުންޏެކޯލަ


9

ފަގުޑިބެ

25-Jan-2021

ސިޔާސީ ޝޭޚު


1

ޕިޔޯނު

25-Jan-2021

ޝޭހަކައްވެހުރެ ދީނީ ދަރުހެއްނުދީ ސިޔާސީ ވށހަކަ ދެއްކުނ އޮންނަނީ


-8

ބަނޑޭރި

25-Jan-2021

ކިނޑުކޮސް ސިޔާސީ ޝޭހެއް ހަމަހުރިގޮތައްހުރި ބަޅެއް


1

ޑރ. މިލަގަނޑު

25-Jan-2021

މިކަލޭގެ މީ 3ވަނަ ފާސިގު. ނުބައިކަމުގަ އަރާހުރި އެއްޗެއް.


0

މުހައްމަދު

25-Jan-2021

މިއިޔާޒަކީ މުޖުތަމައެއް ފަނާކުރަން އަލިފާނަށް ދަރު އަޅާ އިންސާނަކަށްވެއްޖެ.


7

އޮޅުވާލިވޯޓު

25-Jan-2021

ތިއިޔާޒަކީ ދެފުއްދެގޮތް މީހެއްކަން ނޭގޭމީހަކު މިހާރަކު މިގައުމަކުނެއް ަހަރުމެން ގަބޫލުކުރާމީހެނޫން ތިޔަކީ


-1

ޔޫސުފް

25-Jan-2021

ކުއް ސާބިތު ނުވާހާ ހިނދަކު އެއީ މައުސޫމް މީހެއްކަން އިސްދީނުގެ އިލްމުވެރިއާ އަށް އެނގިވަޑައި ނުގަތީބާ? ނޫނީ އިމްރާނު ބުނެގެން ކޮންމެވެސް އެއްޗެއް ބުނެލީބާ?


5

އައިސް

25-Jan-2021

އަދީބަކީ މި ސަރުކާރުގެ ޖާރިޔާ..


5

މައި

25-Jan-2021

މީނާ ދީނީއިލްމުވެރިޔަކަށްވުތެ ބޮޑަށް އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ މީހެއް


2

ޢަހުރނ

25-Jan-2021

ކުށްވެރިޔެއް ކަން މީހަކަށް އެނގުނަސް ކޯޓުގައި އެކަން ސާބިތު ކުރަންވކި އުސޫލެއް ދީނުގައި އޮވޭ..އިޔާޒު އެކަން އެނގި ދީނަށް މަލާމަތް ނުކުރައްވާ.. ފާސިގުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ..



ޓްރެންޑިން