އިސްލާމީ މަރުކަޒު/ މާލެ، ދިވެހިރާއްޖެ
އިސްލާމީ މަރުކަޒު/ މާލެ، ދިވެހިރާއްޖެ
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީ މީހާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެރޭ ފުލުހުން ބުނީ އެކަމާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މި މައްސަލައިގެ އަދާހަމަ މައުލޫމާތު ދެއްވަމުން މިއަދު ފުލުހުން ބުނީ، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަކީ ނަފްސާނީ ބަލީގެ ބަޔަކަށް ހަދަައި އެ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނާޅައި ދޫކޮށްލާތީ ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން