ދިވެހިރާއްޖޭގެ ރިސޯޓެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް
ދިވެހިރާއްޖޭގެ ރިސޯޓެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް
އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ ރިސޯޓު މުވައްޒަފުންވެސް 10 ދުވަހު ކަރަންޓީން ވާންޖެހޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމީ ރާއްޖޭގެ ރިސޯޓްތަކުން ކޯވިޑް-19ގެ ވޭދަނަތައް ފެންނަން ފެށުމާއި ގުޅިގެން، އެޅުނު ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެ ކުރިން މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހެއެވެ. ނަމަވެސް ޖެނުއަރީމަހުގެ 19 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ކަރަންޓީން ވާންޖެހޭނެ ކަމަށް ކަނޑައަޅައި އާ އުސޫލަށް އަމަލުކުރަން ފަށާފައެވެ.

މި އުސޫލުގައި ވާ ގޮތުން ނަމަ، އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުން ވިޔަސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެއެވެ. އަދި މަސައްކަތަށް ނިކުމެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނައްސި ޕީސީއާރު ނަތީޖާއެއް ލިބުމުންނެވެ.

ރިސޯޓްތަކުން ފެންނަ ގިނަ ކޭސްތަކުގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރިސޯޓް މުވައްޒަފުންނެވެ.

މި އުސޫލަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން