ޝަިޙް ޢަލީ ޒައިދު
ޝަިޙް ޢަލީ ޒައިދު
ކުށްކުރުން ހުއްޓުވޭނީ ޢިލާޙީ ޤާނޫނަށް ބޯ ލަނބައިގެން ކަމަށް ދިވެހިރާއްޖޭގެ އިސްލާމްދީނުގެ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ، ވަައްކަންކުރުން އާންމުވެފައިވާތީ ކަންބޮޑުވުން ފާޅުކުރަށްވައި އެކަމުގެ ހައްލާމެދު ޚިޔާލުފާޅުކުރަށްވަމުންނެވެ. މިގޮތުން، ވަައްކަމަށް އޮތް "ވެކްސިނަކީ" އަތް ކެނޑުން ކަމަށާއީ އެއީ ހަތް އުޑުމަތިން ބާވާލެއްވުނު ޙުކުމްފުޅު ކަމަށް ޝައިޙް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އަމިއްލަ ގޮތްހަދަައި، އިސްލާމީ ޝަރީއަތް ގާއިމުނުކުރާހާ ހިނދަކު ކުށްކުރުން ނުހުއްޓުވޭނެ ކަމަށެވެ. އަދި ހުރިހާ ކަމެއްގެ ހައްލު އެ ވަނީ ކީރިތި ގުރުއާނުގައި ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

ޒަައިދު ވިދާޅުވީ، އެއް ފޮތެއްގައި ހުރިހާ ކަމެއްގެ ހައްލު އޮތްއިރު، އެ ފޮތަށް ނުބަލައި އަމިއްލަ ގޮތް ހަދާ ނަމަ އެއީ އަހަރެމެންގެ މައްސަލައެއް ކަމަށެވެ.

"މައްސަލަ އޮތީ އަހަރެމެންގެ،" ޝަައިޚް ޒައިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަން

25-Jan-2021

ހަޤީގީ ތެދު ވާހަކަ ފުޅެއް 😃 އިލާހީ ޤާނޫނާއި ދެކޮޅު ހަދާ މީހެއް މަނިކުފާނު ތާއީދު ކުރާ ސަރުކާރުގަ އެބަހުއްނެވި 😃



ޓްރެންޑިން