ޕީއެންސިގެ ނައިބު ރައީސް ޝުޖާއު އަދި އަލްހާން ފަހުމީ
ޕީއެންސިގެ ނައިބު ރައީސް ޝުޖާއު އަދި އަލްހާން ފަހުމީ
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަން ހަމަޖެހިފަައިވާއިރު، އެ ޝަރީއަތްތައް ލައިވްކޮށްދޭން ރައީސް ޞާލިހަށް ކެރިވަޑައިގަންނަވާނެތޯ ޕީއެންސީގެ ނައިބު ރައީސް އަހުމަދު ސުޖާއު ސުވާލުކުރެއްވުމުން އަލްހާން ފަހުމީ އެކަމަށް ރައްދުދެއްވައިފިއެވެ.

ޕީއެންސީގެ އިސް ސަފުގައި މަސައްކަތްކުރަށްވާ، ޝުޖާޢު ވަނީ، "އަލީ ވަހީދުގެ ޝަރީއަތް ލައިވްކޮށް ބަލަން ބޭނުން ކަމަށާއި އެކަން ކޮށްދޭން ރައީސް ޞާލިޙަށް ކެރިވަޑައިގަންނަވާނެތޯ” ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ޝުޖާޢަށް ރައްދު ދެއްވުން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަށްވާ އަލްހާން ފަހުމީ ވިދާޅުވީ، ޝަރީޢަތް ލައިވްކުރަން އެދިވަޑައިގަންނަވަންވާނީ ފަނޑިޔާރު އަރިހުން ނުވަތަ ކޯޓުގައި ކަމަށެވެ. ރައީސަކީ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ވެރިޔާ ނޫން ކަމަށް ވިދާޅުވެ، ޝުޖާޢު އެދިވަޑައިގަންނަވަނީ ޝަރުޢީ ނިޒާމަށް ރައީސްގެ ނުފޫޒު ފޯރުއްވަންތޯ ވެސް އަލްހާން ސުވާލު އުފެއްދެވިއެވެ.



އަލްހާން ވަނީ "ޝުޖާއުއަށް ވާނުވާ އެނގިވަޑައިނުގަންނަވަނީތޯ؟"އޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

އަލީ ވަހީދު މަގާމުން ވަކިކުރީ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

އަލީ ވަހީދަށް ކުރާ 7 ދައުވާ:

1. ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ،

2. ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ،

3. ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ،

4. ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ،

5. ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ،

6. ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30 އަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

ރައީސް ދާދި ފަހުން ވިދާޅުވީ، އަލީ ވަހީދު މަގާމުން ދުރުކުރުމަކީ އޭރު ނިންމަވަން ޖެހުނު، އަދި ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި އެއީ އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ލަފާފުޅާވެސް އެކުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިނިވަންކަމާ އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، ހަގީގަތް ހާމަވާނެ ކަމަށާއި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު އޭރު ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕްވެސް ހިފަހެއްޓިއެވެ. އޭގެ އިތުރުން ޖުލައި 12 އިން ފެށިގެން އޭނާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.

މިފަދަ ބޮޑު މައްސަލައެއްގައި އަލީ ވަހީދު ތަހުގީގަށާއި ޝަރުޢީ މަރުހަލާގައި ބަންދު ނުކުރާތީ ދަށު ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ޕީޖީ އޮފީހަށް ޓެގުކުރަށްވައި އޭނާ ވަނީ އޭ ސުވާލު މީސް މީޑިއާއާއި ހިއްސާ ކުރަށްވައިފަ އެވެ.

"10 މުވައްޒަފަކަށް ޖިންސީ ގޯނާކޮށްގެން، ރޭޕްކުރަން އުޅުން ހިމެނޭގޮތަށް 7 ދަޢްވާ ކުރިއިރު، ޢަލީ ވަހީދު ޝަރީޢަތް ނިމެންދެން ބަންދަށް ލުމަށް ކޯޓުގައި ނޭދުނީ ކީއްވެގެންތޯ؟ އާންމު މީހެއްނަމަ އަޑަށް ބާރުލާފައި ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމަށް ޕީޖީން ތަކުރާރުކޮށް އެދޭނެ." ހައިލަމްގެ އެ ސުވާލާއެކު ކަންބޮޑުވުން ފާޅުކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އމމ

27-Jan-2021

އަލްހާން ފަދަ މީހަކު ސުވާލު އުފެއްދީމާ ސުވަާލު އުފެދޭ


15

ބިސްބުރު

25-Jan-2021

އަލްހާން ޔަގީން ކަމެއް ތިޔަބުނީ.


4

ޔޫސުފް

25-Jan-2021

ޖުޑިޝަރީ ސަރުކާރުން ޚިސޯރުކޮށް ސަރުކާރުން ބޭނުންވާގޮތާއި ތަފާތު ގޮތަކަށް ހުކުމެއް ކުރިއަސް އަދި ފިޔަވަޅެއް އެޅިޔަސް ސްލޫކީ ކިޔާ އެއްޗެއް ހިފައިގެ ގެއަށް ދާންކަންޖެހެނީ, އަލްހާނަށް ވެސް އަދި މި ރާއްޖޭގެ ގިނަ މީހުންނަށްވެސް އެނގޭ ނޫންތޯ?


-1

މޭޔަރު ސާހަބު

25-Jan-2021

ވާނުވާ ނޭނގިގެން އުޅެނީ "ބުދު ބަހައްޓާ" އަށް!


10

ސާރަސް

25-Jan-2021

ބާރަށު ސުޖާއު އެއަކީ ވާނުވާ އެނގޭ މީހެއް ނޫން, އޭނަ އަކީ އަބަދުވެސް މަވަރެއް ނެތިގެން މީހުންނަށް ދެއްކެން އުޅޭ މީހެއް, އޭގެ ނަތީޖާ އޭނަ އަށް ބާރަށު ދާއިރާއިން ދައްކާފަ އެހުރީ. އެމް.އެމް.ޕީ.އާރް. ސީ ގެ ލާރިގަނޑު ކައިގެން ލަދެއް ނެތިގެން އަދިވެސް ރައްޔިތުން ކުރިމަތީ އަނގަ ހުޅުވަނި.



ޓްރެންޑިން