ޔޯގާ އަކީ ހަމައެކަނި ހަށިގަނޑުން ކޮށްލާ ކަސްރަތެއް ނޫން ކަމަށް އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންދަން ފެށުމާއި ގުޅިގެން ޔޯގާގެ ހަރަކާތްތަކާމެދު ދީނީ ނަޒަރުން ޚިލާފު އުފެދޭ ސަބަބު ތަކާމެދު ކުރެއްވި ޓްވީޓެއްގައެވެ.

މިކަމާ ގުޅިގެން ޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ އެއީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށެވެ.

"ޔޯގާ އަކީ ހަމައެކަނި ފިޒިކަލީ ކޮށްލާ ކަސްރަތެއް ނޫނެވެ! އެއީ އޭގައި އިރަށް އަޅުކަން ކުރުމާއި، އިސްލާމް ދީނުގައިވާ އެއްކައުވަންތަކަން ގަބޫލު ކުރުމުގެ އަސާސް އާއި ފުށުއަރާ އެތަކެއް ބަސްތަކާއެކު ކުރާ ކަމެކެވެ! ކާފިރުން ކުރާ "ހުރިހާ" ކަމެއް އަދި މުސްލިމުންނަކަށް ކުރެވޭކަށް ނޯވެއެވެ! އެކަން ދަންނާށެވެ!" އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލާއި އިންޑިއަން ކަލްޗުރަލް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކަކީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޯމަ ދުވަހު

ހެނދުނުު 06:00 އިން 07:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަން ތަކެކެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ސެޝަންތައް އޮންނަ ދުވަހުގެ އެގަޑިއަށް ޔޯގާ މެޓާއި ފެންފުޅި ހިފައިގެން ދިއުުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. ފެންފުޅި ގެންދާއިިރު ޕްލާސްޓިކް ފެންފުޅި ނުގެންދިއުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް އިންޑިއާގެ ސަޤާފަތް ރާއްޖޭގައި އާލާކޮށް ދިރުވުމަށް މަސައްކަތްކުރާ މި ޖަމިއްޔާއިން މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. އެފަހަރުވެސް މިފަދަ ދީނީ ބަހުސް ތަކެއް ހިނގާފައި ވެއެވެ.

ޝައިޚު ޒައިދުގެ މި ޓްވީޓާ ދެކޮޅަށް ޖަދަލުކޮށް ބައެއް ދިވެހީން ވަނީ ވާހަކަ ދައްކާފައެވެ. ބައެއް މީހުން ސިފަކޮށްފައިވާ ގޮތުން ޝައިޚްގެ މިވާހަކަ ތަކަކީ މިޒަމާނަށް ނުފެތޭ “ކަޓު” ވާހަކައެކެވެ. އެފަދަ ބައެއް މީހުން ބުނެފައި ވަނީ އެމީހުން ޔޯގާ ހަދަނީ ކަސްރަތެއްގެ ގޮތުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޙުސޭން

25-Jan-2021

މިކަމުގަ ޝޭހު ހުސަން ރަޝީދުގެ ބަސްފުޅެއް ބޭނުން.



ޓްރެންޑިން