މުޖުތަމަޢުގައި އަށަގަނެފައިވާ ވައްކަމާއި ފަސާދައިގެ ނުބައި ޖަރީމާތައް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ހުކުރު ހުތުބާއަށް ޢިޝާރާތް ކުރަށްވަމުންނެވެ. އެގޮތުން މިއަދުގެ ހުކުރު ޚުޠުބާއިން ނަސޭހަތް ލިބިގަތުމަށް ޑރ. އިޔާޒު ވަނީ ގޮވައިލައްވާފައެވެ.

"މިއަދުގެ ހުކުރު ޚުތުބާ އިން ނަސޭހަތް ލިބިގަނެ، މުޖުތަމަޢުގައި އަށަގަނެފައިވާ ވައްކަމާއި ފަސާދައިގެ ނުބައި ޖަރީމާތައް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މާތް ﷲ އަޅަމެންނަށް ހެޔޮ ތައުފީގު ދެއްވާށި. އާމީން." ޑރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ހުތުބާގައި ވައްކަމަކީ މީހާގެ އީމާންކަން ނެތިކޮށްލާ ފަދަ ނުބައި ޢަމަލެއް ކަމަށާއި ވައްކަމާއި ފޭރުމާއި މަކަރާއި ޙީލަތުން ދައުލަތުގެ މުދަލަށް އަރައިގަތުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ ވަރަށް ބޮޑު އިޖުތިމާއީ ބައްޔެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިންސާނާ ކުރާ ހެޔޮ ޢަމަލުތައް ﷲގެ ހަޟްރަތުގައި ގަބޫލު ކުރެއްވޭނީ ވެސް އޭނާގެ އާމްދަނީ އާއި މުދާ ތާހިރުވެގެން ކަމަށާއި ވައްކަމާއި ނަހަމަ ގޮތުގައި ފައިސާ އާއި މުދާ ހޯދާ މީހުންނަށް އެ ހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނުކަމުގައި ވިޔަސް، އެތަކެތި ވެގެންދާނީ އޭނާއާއި އަނބިދަރިންގެ ހަލާކަށް ކަމުގައި ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން