ފަނޑިޔާރު މުހައްމަދު ނިޔާޒް
ފަނޑިޔާރު މުހައްމަދު ނިޔާޒް
ރައީސް އަބްދުﷲ ޔާމިނަށް ދަށުކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދު ކުރެއްވި އެއް ފަނޑިޔާރު، މުހައްމަދު ނިޔާޒަށް ފްލެޓް ދިނީ މި ސަރުކާރުން ނޫންކަން ހާމަވެއްޖެއެވެ.

"ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވާ ކެޓެގަރީތަކުގެ ތެރެއިން، އެޗް7 ކެޓެގަރީ (18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ ކެޓެގަރީ) ގައި ފެލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ނަން ހިމެނުނުކަން ހާމަވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ އިއްޔެގެ ހުކުމާ އެކަން ގުޅުވަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، ހަގީގަތުގައި ރައީސް ޔާމީންގެ ސަރުކާރުން ނެރުއްވި ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓްގައި ވެސް މުހައްމަދު ނިޔާޒުގެ ނަން އޮތެވެ.

މުހައްމަދު ނިޔާޒަށް ޕޮއިންޓް ދީފައިވާ ގޮތަށް ބަލާއިރު، ވަޒީފާގެ މުއްދަތަށް 15 ޕޮއިންޓް، އާއިލާގެ ކުޑަ ބޮޑުމިނަށް 40 ޕޮއިންޓް، ޚާއްޞަ އެހީއަށް 10 ޕޮއިންޓް، ދިރިއުޅުމުގެ ޙާލަތަށް 19.55 ފޮއިންޓާއި އެކު ޖުމްލަ 84.55 ފޮއިންޓް ވަނީ ލިބިފައެވެ.

ރައީސް ޔާމިން ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގައި ހިމެނޭ 7000 ފްލެޓަކީ ސޯޝަލް ހައުސިންގ ސްކީމެއްގެ ގޮތުގައި އެކި ކެޓެގަރީ ތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކަމަށްވާއިރު މި ސްކީމުގެ ދަށުން ގާޒީ މުހައްމަދު ނިޔާޒަށް ވެސް ފްލެޓް ލިބިވަޑައިގެންފައިވަނީ ކަނޑައެޅިފައިވާ އުސޫލުން ޕޮއިންޓް ލިބިވަޑައިގެންފައިވާތީ ކަމުގައި ބެލެވެއެވެ. ނަމަވެސް ކުރިން ޕޮއިންޓް ދީފައިވާގޮތް މި ސަރުކާރުން މުރާޖަޢާކޮށް އަލުން ޕޮއިންޓް ދެމުންދާއިރު ގާޒީ މުހައްމަދު ނިޔާޒަށް ލިބިވަޑައިގެންފައިވާ ޕޮއިންޓަށް ބަދަލު ގެނަސް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމުމުގެ ބާރު ވެސް މިސަރުކާރަށް ލިބިގެން ވެއެވެ.

ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ކުރިއަށް ގެންދިޔަ ޝަރީއަތް ނިންމާލުމަށް އިއްޔެ ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.

މި މައްސަލައިގެ ޝަރީއަތުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސެއިން މަޒީދާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ. މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތެވެ. އެހެން ނަމަވެސް ފަނޑިޔާރު ޝަހީދު ވަނީ މި މައްސަލައިގައި ފަނޑިޔާރު މަޒީދު ފާހަގަ ކުރައްވާފައިވާ ބައެއް ނުކުތާތަކަށްވެސް ތާއީދު ކުރައްވާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

علي وحيد

25-Jan-2021

ރަސްއޮންލައިނަކީ ލާދީނީ އެމްޑީޕީގެ ވަގު ބައިގަނޑައް ސަޕޯޓުކުރާ ނޫސްމަޖައްލާއެއްކަން ސާބިތުވާކަން ހާމަވެއްޖެ ހިތާމަޔަކީ ރާއްޖޭގެ ތަރައްގީގެ ބާނީ رئيس عبدالله يامين عبد القيوم ގެ ސަރުކާރުން ބިނާކުރި 7000 ފުލެޓު އެކޭ ކިޔާފަލިޔެލީމަ ލާދީނީ އެމްޑީޕީގެ ވަގު ބައިގަނޑުގެ ސަރުކާރުން އެޅި 7000 ފުލެޓެކޭބުނެ ދޮގުހަދައިގެންވެސް ރަށްޔިތުންނައް އޮޅުވާލަން މަސައްކަތް ކޮށްލިނަމަ ރަނގަޅުވީސް


-2

ދައްތަ

23-Jan-2021

މުހައްމދު ނިޔާޒު އަންހެނުން ފާތުމަތު ސާމިރާ އަށްވެސް ފުލެލިބޭ


8

އުތުރުފެންޑާ

23-Jan-2021

ސަދޫމުގެ ހުކުމް ކުރިފަޑިޔާރު ހައްޔަރުކުރޭ މިފަޑިޔާރަށް ވެސް ދުވަހެއް އަބައޮތް ހުކުމް ކުރުމުގައި ކީރިތި ގުރުއާނުގެ ނިޝާސޫރަތުގެ105 ވަނަ އާޔަތު ގައިވާ ގޮތައްބައްލަވާފައިތޯ؟



ޓްރެންޑިން