ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް
ޖޭއެސްސީގައި ޕާކު ކޮށްފައި އޮތް ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލްމަ މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އަނެއް ދެ ފަނޑިޔާރުންގެ ރައުޔުއާ ބޮޑުތަނުން ތަފާތުވެފައިވާތީ އޭގެ ނަތީޖާއާއިބެހޭ ގޮތުން އޭނާގެ ރަޢުޔު ހާމަކުރަށްވަމުންނެވެ.

"2 އަހަރު ވަންދެން ޖޫއެސްސީގައި ޕާކްކޮށްފައި އޮތް ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެ." ހައިލަމް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ.

އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިޢުނާފް ކުރެއްވުމުން ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި އިއްޔެ މެންދުރު ބޭއްވި އަޑުއެހުމުގައި ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލި މި މައްސަލަ ދަށުކޯޓުން ފުރަތަމަ ބެއްލެވީ ވެސް ހައިލަމެވެ. ނަމަވެސް މައްސަލައިގެ ހުކުމާއި ހިސާބުން ހައިލަމް ވަނީ ސުލޫކީ މައްސަލައެއް ފެންމަތިވެ ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކުރީ 3 ނޮވެންބަރު ހާދިސާ ރަމްޒުކޮށްދޭ ކާޓޫނު ތަސްވީރެއް ވައިބަރ ގްރޫޕެއްގައި ހިއްސާކުރެއްވި މައްސަލައަކާއި ގުޅިގެންނެވެ. 3 ނޮވެންބަރު ހާދިސާގެ ބައިވެރިން ރަމްޒުކޮށްދޭ މި ކާޓޫން ތަސްވީރުގައި ރައީސް ޞާލިޙާއި ރައީސް ނަޝީދުވެސް ހިމެނެއެވެ. މި ތަސްވީރުން ފެންނަނީ އެދުވަހުގެ ބަޠަލް ޝަހީދު ހުސައިން އާދަމް އެމީހުންގެ ކަރުގައި ވާޖަހައިގެން ދަމާ މަންޒަރެވެ.

ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ބެއްލެވީ ގާޒީ ޢަލީ ރަޝީދެވެ. ރައީސް ޔާމީނަށް ހުކުމް އިއްވެވީ އޭނާއެވެ. އޭގެފަހުން އަލީ ރަޝީދު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކިނބޫ

25-Jan-2021

ހަނދާނަށް ބައްޔެއް ޖެހިފަ ތިބި ބައިގަނޑެއްކަން ކަލޭމެން ބުނެދީފީމު. ޝުކުރިއްޔާ ރަސް!


-11

މާމަ

25-Jan-2021

ޞަލަަގަ ސަހީދުގާޒީ ނުބައި ކުރަ އަދީބުގެ ހެކިބަސްވެސް ނެގި ހަިލަމް ދޮ ދެން މިހަަރު ކޮންއަނގައެއް ތި ތަޅުވަނީ


2

ޜިޒާ

23-Jan-2021

ގާޒީ ދައުލަތަށް ވިކި ޤާނޫނު އަސާސީއަށް ޚިޔާނާތްތެރިވުމީ އެފަދަ ރާއްގޭގަ ކުރިއެރުމުގެ މަގަކަށް ހަދައިފިހެއްޔެ?



ޓްރެންޑިން