ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ އުނގުގައި ދިވެހި ރައްޔިތުން އަރާމުގައި ނިދާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިޤްތިޞާދީ ތަޖުރިބާކާރުން ދުނިޔޭގައި އެބަތިއްބެވި ކަމަށާއި، ނަމަވެސް އިޤްތިޞާދެއް ހުއްޓުމުން ދެން ހަދާނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް އިޤްތިޞާދީ ޢިލްމުގައިވެސް ދެ ފަރާތް އޮންނާނެކަން ފާހަގަކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓާ ގުޅޭގޮތުން މަޖިލީހުގައި ކުރެވުނީ ވަރަށް ރަނގަޅު ބަހުސެއް ކަމަށެވެ. އަދި އެކަމުގައި އާޚިރު ފައިދާ އޮތީ ރައްޔިތުންނަށް ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.

"އެއީ ދިވެހިރައްޔިތުން ތަކުރާރުކޮށް އެމްޑީޕީ ސަރުކާރަކަށް ވޯޓުދެމުން އަންނަ ސަބަބަކީ، އަޅުގަނޑު އަދިވެސް ތަކުރާރު ކުރާނީ އެމްޑީޕީގެ އުނގުގައި ދިވެހިރާއްޖޭގެ މާލިއްޔަތާއި އިޤްތިޞާދު އޮވެގެނެއް ލިބޭނެ ގެއްލުމެއް ނޯންނާނޭ. ހަމަ ދޮންކަނބުލޮ ނިދާލާ." ބަޖެޓާމެދު އެމްޑީޕީން އަމަލު ކުރާނެ ގޮތް ސިފަކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ފަހަތުގައި، މީގެ "ތިރީހަކަށް އަހަރުއްސުރެ ފަހަތުގައިވާ" ވަރަށް ބޮޑު މާޒީއެއް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނުގެ މަސްއޫލިއްޔަތަކީ އެއްވެސް ކަމެއް އެއްވެސްތާކު ގޯސްކޮށް ހިނގަންޏާ އެވާހަކައެއް ބުނުން ކަމަށާއި، އެކަމާ ބޭފުޅުން ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައި ނުގަތަސް އެކަމަކާ ކުރާނެ ކަމެއް ނެތް ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ބަހާއި ޢަމަލުވެސް ހުންނާނީ އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން